ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ލަންކާގެ މަސްބޯޓުތަކެއް އަތުލައިގެންފި

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ބޭރުގެ މަސްބޯޓުތަކެއް އަތުލައިގެންފި އެވެ. އެމްއެންޑީފުން ބުނީ ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ތިން ބޯޓު ހ...

03 Dec 2022 | 08:32

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ބޭރުގެ މަސްބޯޓުތަކެއް އަތުލައިގެންފި އެވެ.

އެމްއެންޑީފުން ބުނީ ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ތިން ބޯޓު ހިފަހައްޓާފައިވާ ކަމަށެވެ.

އެ ހުރިހާ ބޯޓުތަކަކީވެސް ސްރީލަންކާއަށް ނިސްބަތްވާ ބޯޓުތައް ކަމަށް މައުލޫމާތުދެ އެވެ.

މިހާދިސާގައި އަތުލަތް މަސްބޯޓުތަކުގައި ތިބީ ކިތައް މީހުން ކަމެއް އަދި ނޭނގެ އެވެ. ކޯސްޓްގާޑުން ދަނީ އެ ދޯނިތައް ކައިރީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނީ އިތުރު މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް