ކުޑަކުދިނަށް ހާއްސަކޮށް، އުރީދޫ ފުޓުބޯޅަ ފޯރީގެ އިވެންޓެއް ބާއްވައިފި

އުރީދޫން ކުރިޔަށް ގެންދާ ފުޓުބޯޅަ ފޯރި ކެމްޕެއިންގެ ތެރެއިން ކުޑަކުދިންނަށް ހާއްސަ އިވެންޓެއް ބާއްވައިފި އެވެ. މި ކެމްޕެއިނަކީ ގަތަރުގައި ކުރިޔަށްދާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތާއި ގުޅިގެން އެ ކުންފުނި...

03 Dec 2022 | 08:13

އުރީދޫން ކުރިޔަށް ގެންދާ ފުޓުބޯޅަ ފޯރި ކެމްޕެއިންގެ ތެރެއިން ކުޑަކުދިންނަށް ހާއްސަ އިވެންޓެއް ބާއްވައިފި އެވެ.

މި ކެމްޕެއިނަކީ ގަތަރުގައި ކުރިޔަށްދާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތާއި ގުޅިގެން އެ ކުންފުނިން ކުރިޔަށްގެންދާ ކެމްޕެއިނެކެވެ.

ކުޑަކުދިންނަށް ހާއްސަ އިވެންޓު ކުރިޔަށް ގެންދިޔައީ އިއްޔެ ހަވީރު އާޓިފިޝަލް ބީޗުގައި އެވެ. އެ ތަނުގައި އުރީދޫއިން ވަނީ މާލޭ ސިޓީ ކައުންސިލާއި ގުޅިގެން ފޭން ޒޯނެއްވެސް ހަދާފައި އެވެ.

އުރީދޫން ބުނީ މި އިވެންޓުގައި ކުޑަކުދިންނާ ގުޅޭ މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން މިނީ ގޯލް ޝޫޓް، ހެޑިން ޗެލެންޖު ކުރިޔަށް ގެންދިޔަ އެވެ. އަދި ޕެނަލްޓީ ޝޫޓް އާއި ޓޫ އޮން ޓޫ ޗެލެންޖް ފަދަ ކުޅިވަރުތައް ކުރިޔަށް ގެންދިޔަ އެވެ.

މި އިވެންޓުގައި އުރީދޫގެ މި ހަވީރުގައި އެ ކުންފުނީގެ އެމްބެސެޑަރުން ކަމަށްވާ މާޒިޔާ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ވެސް ބައިވެރިވި އެވެ.

https://twitter.com/OoredooMaldives/status/1598716948392869889

އުރީދޫން ބުނީ އުރީދޫގެ ވޯލްޑްކަޕް ފޭން ޒޯންތަކުގައި މިފަދަ ހަރަކާތްތައް ކުޑަކުދިންނަށް ހާއްސަކޮށް ކުރިޔަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި100 އަށްވުރެ ގިނަ ފޭން ޒޯން ވަނީ ހަދާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް