ބީއެމްއެލްގެ ސްމޯލް ގްރާންޓް ލިބޭ ޖަމިއްޔާތައް އިއުލާނުކޮށްފި

ބޭންކް އޮފް މޯލްޑިވްސްއިން ސްމޯލް ގްރާންޓް ލިބޭ ޖަމިއްޔާތައް ހޮވައިފިއެވެ. މި ޕްރޮޖެކްޓަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު ހަރަކާތްތަކުގެ ތެރެއިން ތައާރަފް ކުރި ޕްރޮޖެކްޓެކެވެ. ބީ...

03 Dec 2022 | 06:49

ބޭންކް އޮފް މޯލްޑިވްސްއިން ސްމޯލް ގްރާންޓް ލިބޭ ޖަމިއްޔާތައް ހޮވައިފިއެވެ.

މި ޕްރޮޖެކްޓަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު ހަރަކާތްތަކުގެ ތެރެއިން ތައާރަފް ކުރި ޕްރޮޖެކްޓެކެވެ.

ބީއެމްއެލް ސްމޯލް ގްރާންޓްސް ފަންޑަށް އެދުމުގެ ފުރުސަތު ހުޅުވާލީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެއްޓެށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށެވެ.

މި ފަންޑަށް ހުށަހެޅުނު ޕްރޮޖެކްޓްތަކުގެ ތެރެއިން އަށް ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުމަށް 250،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.

ސްމޯލް ގްރާންޓަށް ހޮވުނު 8 ޖަމިއްޔާ އަކީ:

  1. މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލައަންސް (އެމްއޯޕީއޭ)
  2. ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް)
  3. ވާދޫ އެސޯސިއޭޝަން ފޯ ފިއުޗަރ ޑިވެލޮޕްމަންޓް (ވީއޭއެފްޑީ)
  4. ކުމުންދޫ ރިވައިވަލް އިނީޝިއޭޓިވް (ކުރެވި)
  5. ވިމެން އިން ފުވައްމުލައް
  6. ސްމޯލް އައިލެންޑް ރިސާރޗް ގްރޫޕް
  7. ހުވަދޫ އެއިޑް
  8. ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް