ކޮންސްޓެބަލް އާމިނަތު މާޔާ ހުސެއިން ބަޝީރު ވަޒީފާއިން ވަކިކުރަން ނިންމިކަމަށް ބުނެވުނީ އޮޅުމަކުން: ފުލުހުން

ބަނގުރަލާއި ގުޅުންހުރި މައްސަލައެއްގައި ކޮންސްޓެބަލް އާމިނަތު މާޔާ ހުސެއިން ބަޝީރު ވަޒީފާއިން ވަކިކުރަން ނިންމިކަމަށް ބުނެވުނީ އޮޅުމަކުން ކަމުގައި ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފު...

03 Nov 2025 | 04:21
ކޮންސްޓެބަލް އާމިނަތު މާޔާ ހުސެއިން ބަޝީރު -

ކޮންސްޓެބަލް އާމިނަތު މާޔާ ހުސެއިން ބަޝީރު -

ބަނގުރަލާއި ގުޅުންހުރި މައްސަލައެއްގައި

ކޮންސްޓެބަލް އާމިނަތު މާޔާ ހުސެއިން ބަޝީރު ވަޒީފާއިން ވަކިކުރަން ނިންމިކަމަށް

ބުނެވުނީ އޮޅުމަކުން ކަމުގައި ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން އިއްޔެ

ބުނެފައިވަނީ ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުލެ، ބޭނުންކޮށް އެތަކެތީގެ

ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޮކްޓޯބަރު 17

ގައި ތުލުސްދޫ ގެސްޓްހައުސް އެއް ބަލައި ފާސްކޮށް ހަތް މީހަކު ފުލުހުންގެ ބެލުމުގެ

ދަށަށް ގެންދިޔަކަމަށެވެ. އެ ހަތް މީހުންގެ ތެރޭގައި ކޮންސްޓެބަލް އާމިނަތު މާޔާ

ހުސެއިން ބަޝީރުވެސް ހިމެނޭ ކަމަށެވެ.

"އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް

ގެނެސްފައިވަނީ، ގެސްޓްހައުސް ބަލައި ފާސްކުރި އިރު އެމީހުން ތިބި ތަނުން ބަނގުރާ

ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 500 މިލިލީޓަރުގެ ދެ ފުޅިއާއި ތައްޓެއް ފެނުނު

މައްސަލައިގާ، އެމީހުން ވަނީ ކޯޓަށް ހާޒިރު ނުކޮށް ދޫކޮށްލާފައި" ފުލުހުން ބުނެފައިވެއެވެ.

އެމީހުންގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރި އިރު

މަސްތުވާތަކެއްޗަށް ނެގަޓިވްވެފައިވާކަން ފުލުހުން ފާހަގަކުރެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި

ހިމެނެނީ 23 އަހަރުގެ ތިން ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކާއި

26 އަހަރުގެ އަންހެނަކާއި 20 އަހަރުގެ އަންހެނެކެވެ. އެންމެންނަކީވެސް ދިވެހިން

ކަމަށް ބުނެފައިވެއެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ އެ މައްސަލައިގާ

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރޭގައި ކޮންސްޓެބަލް އައިމިނަތު

މާޔާ ހުސެއިން ބަޝީރު ހިމެނޭއިރު މައްސަލައާއި ގުޅިގެން އޭނާ ސަސްޕެންޑުކޮށް

މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް

ހުށަހެޅުމުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާކަމަށެވެ.

ފުލުހުން އެހެން ބުނެފައިވަނީ ހެނދުނުގެ

ވަގުތެއްގައެވެ.

ނަމަވެސް ރޭގައި 10:14 ހާއިރު ފުލުހުން

ބުނެފައިވަނީ އެއީ މައުލޫމާތުގެ ކުށަކުން ބުނެފައިވާ ގޮތެއް ކަމަށެވެ. ވަޒީފާއިން

ވަކި ކުރަން ނިންމާފައި ނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް