އޭއެފްސީ ޗެމްޕިއަންސް ލީގު: މާދަމާރޭގެ މެޗުގައި ނޭމާ ކުޅޭނެ، އެކަމު ފަށާނީ ބެންޗުން

އޭއެފްސީ ޗެމްޕިއަނަސް ލީގުގެ ގުރޫޕް ސްޓޭޖުގައި ހޯމަދުވަހުގެ ރޭ އިރާންގެ އިސްތިގްލާލް އާއި ދެކޮޅަށް ސައުދީގެ އަލް ހިލާލް ކުޅޭ މެޗުގައި ބްރެޒިލް ފޯވަޑް ނޭމާ ކުޅޭނެ ކަމަށާއި ނަމަވެސް ނޭމާ އެ މެޗު ފަށާނީ ...

03 Nov 2024 | 15:32

އޭއެފްސީ ޗެމްޕިއަނަސް ލީގުގެ ގުރޫޕް ސްޓޭޖުގައި ހޯމަދުވަހުގެ ރޭ އިރާންގެ އިސްތިގްލާލް އާއި ދެކޮޅަށް ސައުދީގެ އަލް ހިލާލް ކުޅޭ މެޗުގައި ބްރެޒިލް ފޯވަޑް ނޭމާ ކުޅޭނެ ކަމަށާއި ނަމަވެސް ނޭމާ އެ މެޗު ފަށާނީ ބެންޗުންކަމަށް ހިލާލްގެ ކޯޗު ޖޯޖް ޖީސަސް ބުނެފިއެވެ،

މާދަމާ ރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖީސަސް ބުނީ ގިނަ ދުވަސްތަކަކަށް ފަހު ނޭމާ އެނބުރި ކުޅުމުގެ ތެރެއަށް އައިސްފައި ވީނަމަވެސް އަދި މުޅިން މެޗު ފިޓްނަސް ނޭމާއަށް ނުލިބޭކަމަށާއި އެހެން ނަމަވެސް އިސްތިގްލާލްއާއި ދެކޮޅަށް ހިލާލް ކުޅޭ މެޗުގައި ނޭމާ ކުޅޭނެ ކަމަށެވެ.

ޖީސަސް ބުނީ އެ މެޗަށް ދާ ހިލާލް ކުޅުންތެރިންގެ ލިސްޓުގައި ނޭމާގެ ނަން ހިމަނާފައިވާ ކަމަށާއި ނަމަވެސް އެ މެޗު ނޭމާ ފަށާނީ ބެންްޗުންކަމަށް ޖީސަސް ބުންޏެވެ.

" އޭއެފްސީ ޗެމްޕިއަންސް ލީގުގައި މާދަމާރޭ އިރާނުގެ އިސްތިގްލާލް އާއި ދެކޮޅަށް ހިލާލް ކުޅޭ މެޗުގައި ނޭމާ ފެނިގެން ދާނެ. ޓީމު ލިސްޓުގައިވެސް ނޭމާގެ ނަން ވާނީ ހިމަނާފަ، އެހެން ނަމަވެސް ނޭމާ އެ މެޗުގައި ފެނިގެން ދާނީ ފަހުހާފުގަ." ހިލާލްގެ ކޯޗު ޖީސަސް ބުންޏެވެ.

ފްރާންސްގެ ޕީއެސްޖީގައި ހަ ސީޒަން ހޭދަކުރުމަށް ފަހު ނޭމާ ސައުދީގެ އަލް ހިލާލްއަށް ބަދަލުވީ2023 ވަނަ އަހަރުގައެވެ. އަހަރަކު 150 މިލިއަން ޕައުންޑަށް ހިލާލްއަށް ބަދަލުވި ނޭމާ، ގިނަ ދުވަސްތައް ހޭދަކޮށްފައިވަނީ އަނިޔާގައެވެ. އެހެން ކަމުން ނިމިގެން ދިޔަ ސީޒަނުގައި ވެސް އަނިޔށާގެ ސަބަބުން އޭނާއަށް ކުޅެން ލިބިފައިވަނީ މަދު މެޗެކެވެ. އެގޮތުން ނިމިގެން ދިޔަ ސީޒަނުގައި ހިލާލްއަށް ނޭމާ ކުޅެދީފައި ވަނީ އެންމެ ފަސް މެޗެވެ. އަދި މިސީޒަނުގައިވެސް ނޭމާ ކުޅެފައިވަނީ އެންމެ މެޗެޖެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް