މިއަދު ގައުމުގެ ހާލަތަށް ނަޒަރު ހިންގާލައްާއިރު، ގައުމު މިއޮތީ ވަރަށް ނާޒުކު ހަލާތަކެއްގައި ކަމަށާއި ގައުމު މިއަދު އޮތީ އަނެއްކާވެސް ނަސްރަށް ބޭނުންވެފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ނަސްރުގެ ދުވަހުގެ މުނާސަބާގައި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ފޮނުއްވި ޚާއްސަ މެސެޖުގައެވެ.
މި މެސެޖުގައި ރައީސް ޔާމީން ވިދާޅުވީ ގައުމު މިއޮތީ ވަރަށް ނާޒުކު ހަލާތަކެއްގައި ކަމަށާއި މިއަދު ގައުމު އަޅުވެތިކޮށް ނުރައްކަލަށް ހުށަހަޅަމުން ގެންދަނީ ގޮތް ނޭނގޭ އެގްރިމަންޓުތަކުގައި ކަޅާ ހުދުން ހުރި ނުރައްކާތެރި ހަމަލާތަކުން ކަމަށެވެ.
އަދި އެކަމުގައި ދައުލަތުގެ ވެރިންވެސް ހިމެނޭއިރު މިއީ ގައުމަށް ވަރަށް ބިރުވެރި ނުރައްކާތެރި ކަންކަން ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ވަނީ ނޮވެމްބަރު 3 ވަނަ ދުވަހުގެ ހަނދާންތަކަކީ ދިވެހިންގެ ހިނދުރިން ފިލައިގެން ދާނެ ހަނދާންތަކެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެ ދުވަހު ޝަހީދުވި އަބްޠާލުން ކުރެއްވި މަތިވެރި ޖިހާދު މިއަދު ހަނދާން އައުކޮށް އަދުގެ ޒުވާން ޖީލަށް ވެސް އެދުވަހުގެ ކަންކަން ހިނގާ ދިޔަ ގޮތް ކިޔައިދީ ގައުމުގެ މުސްތަގުބަލަށް އެކުދިންނަށް އެނގުން މުހިއްމު އެ މައުލޫމަތު ހިއްސާކުރަން ޖެހޭ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެއީ ބިރުވެރިކަމާ ނާމާންކަމުން ދިވެހިންނަށް ފުރިގެންވި ދުވަހެއް ކަމަށާ އަދި އޭގެ އެންމެ ހިތާމަވެރިކަމަކީ އެކަމުގެ އަޑީގައި ތިބީ މި ފަސްގަނޑަށް އުފަން ބައެއްކަމަށް ވުން ކަމަށްވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް