1988 ނޮވެމްބނަރު މަހުގެ 3 ވަނަ ދުވަހު ގައުމަށް ތަކައި ފުރާނަ ގުރުބާންކޮށްލި ޝަހީދު ހުސައިން އާދަމް ދެއްކެވި ހިތްވަރަކީ ގައުމު ދިފާއުކުރުމުގައި މިއަދު ކޮންމެ ސިފައިންގެ މީހަކު ވެސް ދައްކަން ބޭނުންވާ ހިތްވަރެއްގެ ގޮތުގައި އަޒުމު ކަނޑައަޅަން ޖެހޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.
ހިލްމީ މިފަދައިން ވިދާޅުވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި އަސްކަރިއްޔާއިން ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތުގެ ތެރެއިން ވާހަކަދައްކަވަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި އެެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިލްމީ ވިދާޅުވީ 1988 ނޮވެމްބނަރު މަހުގެ 3 ވަނަ ދުވަހު ގައުމަށް ތަކައި ފުރާނަ ގުރުބާންކޮށްލި ޝަހީދު ހުސައިން އާދަމް ދެއްކެވި ހިތްވަރަކީ ގައުމު ދިފާއުކުރުމުގައި މިއަދު ކޮންމެ ސިފައިންގެ މީހަކު ވެސް ދައްކަން ބޭނުންވާ ހިތްވަރެއްގެ ގޮތުގައި އަޒުމު ކަނޑައަޅަން ޖެހޭ ކަމަށެވެ.
އަދި ދިވެހި އަސްކަރިއްޔާ އޮތީ ގައުމުގެ ދިފާއުގައި ސާބިތުވެ ކަމަށާއި ދިވެހި ސިފައިން ތިބީ އެ މީހުން ކޮށްފައިވާ ހުވަޔާ އެއްގޮތަށް ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ހަމައެއާއެކު، ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގައި ދިވެހި ސިފައިން ތިބީ ފުރާނައިން ވެސް ގުރުބާންވުމަށް ތައްޔާރަށް ކަމަށާއި އެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުން ދޭން ބޭނުންވާ ކަމަށް ހިލްމީ ވިދާޅުވިއެވެ.
މީގެ އިތުރުން ހިލްމީ ވިދާޅުވީ މިދައު އެންމެ އުފާވާ ކަމަކީ ސިފައިންގެ އެންމެ މަތީ ވެރިޔާއަކީ މި ގައުމުދެކެ ލޯބިވެވަޑައިގަންނަވާ، ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް އަސްކަރިއްޔާ އިތުރު ހަރުފަތަކަށް ގެންދަން ބޭނުންވެވަޑައިގަންނަވާ ބޭފުޅަކަށް ވުން ކަމަށާއި އަދި މި ސަރުކާރުކާރުގެ ފުރަތަމަ އަހަރުގައި ވެސް އަސްކަރިއްޔާ ތަރައްގީކުރުމުގައި ނަތީޖާތަކެއް ހާސިލް ކޮށްދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިލްމީ ވިދާޅުވީ ނަސްރުގެ ދުވަސް މީގެ ކުރީން ފާހަގަކުރަމުން އައީ ހަމައެކަނި ސިފައިންގެ ލެވެލްގައި ކަމަށް ވުމުން އެދުވަހަށް ދޭންޖެހޭ ސަމާލުކަން އެންމެ ރަނަގަޅަށް އެންމެ އެދެވޭ ގޮތަށް ނުދެވިވާކަމަށާއި އެހެންކަމުން މި ސަރުކާރުން ނިންމާފައިވަނީ ނަސްރުގެ ދުވަސް ވީހާވެސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ވެސް ހިލްމީ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް