ޔުނައިޓެޑުގެ ދާއިމީ ކޯޗަކަށް ރުބެން އަމޯރިމް ހަމަޖައްސައިފި

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުގެ މަޤާމަށް ޕޯޗުގަލްގެ ރުބެން އަމޯރިމް ހަމަޖައްސައިފި އެވެ. ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުރި ނެދަލެންޑްސްގެ އެރިކް ޓެން ހާގް މަގާ...

03 Nov 2024 | 02:08

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުގެ މަޤާމަށް ޕޯޗުގަލްގެ ރުބެން އަމޯރިމް ހަމަޖައްސައިފި އެވެ.

ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުރި ނެދަލެންޑްސްގެ އެރިކް ޓެން ހާގް މަގާމުން ވަކި ކުރުމުންނެވެ.

އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ޔުނައިޓެޑުން ވަނީ އެ ޓީމުގެ ކޯޗުކަމުން ޓެން ހާގް ވަކިކޮށްފަ އެވެ. ޓެންހާގް ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުން ވަކިކުރީ އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ހޯދަމުން ދިޔަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.

ޔުނައިޓެޑުގެ ދާއިމީ ކޯޗަކަށް އަމޯރިމް ހަމަޖެއްސުމާ ހަމައަށް ވަގުތީ ގޮތުން އެ ޓީމަށް އިރުޝާދު ދެމުން އައީ އެސިސްޓެންޓް ކޯޗު ރުޑް ވެން ނިސްޓަލްރޫއި އެވެ.

ޔުނައިޓެޑުން މިހާރު ވަނީ އެ ކުލަބުގެ ދާއިމީ ކޯޗަކަށް އަމޯރިމް ހަމަޖައްސާފައިވާކަން ރަސްމީކޮށް އިއުލާާން ވެސް ކޮށްފަ އެވެ.

އެ ކުލަބުން އޭނާ އަށް ހުށަހަޅާފައި ވަނީ ތިން އަހަރު ދުވަހުގެ އެއްްބަސްވުމެކެވެ. އެހެންކަމުން 2027 އަހަރުގެ ޖޫން މަހުގެ ނިޔަލަށް އަމޯރިމް ޔުނައިޓެޑަށް އިރުޝާދު ދޭނެ އެވެ.

ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން އަމޯރިމް އިރުޝާދު ދެމުން އައީ ޕޯޗުގަލް ސްޕޯޓިން އަށެވެ. އެހެންކަމުން އޭނާ ހޯދުމުގެ ގޮތުން ޔުނައިޓެޑުން ވަނީ ސްޕޯޓިން އަށް ގާތް ގަނޑަކަށް 11 މިލިއަން ޔޫރޯގެ އަދަދެއް ދައްކައިފަ އެވެ. ޔުނައިޓެޑުގެ ކޯޗުކަމާ ރަސްމީކޮށް އަމޯރިމް ހަވާލު ވާނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.

މީގެ ކުރިމް ބެންފީކާ އަދި ޕޯޗުގަލް ޤައުމީ ޓީމަށް ވެސް ކުޅެފައިވާ އަމޯރިމް ކޯޗިންގެ ކެރިއަރު ފެށީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން ޔުނައިޓެޑު ވެގެން ދާނީ އަމޯރިން އިރުޝާދު ދޭނެ ހަތަރު ވަނަ ކުލަބަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް