ވަގަށް ނަގާފައިވާ 67 ކާޓަން ސިނގިރޭޓާއެކު ޒުވާނަކު ހައްޔަރު

ވަގަށް ނަގާފައިވާ 67 ކާޓަން ސިނގިރޭޓާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ށ. ފޭދޫ، ހިރުނދުމާގެ، އުމުރުން 24 އަހަރުގެ އަހްމަދު ލުޖައިން އެވެ. ފުލުހުން ބުނެފައިވާގޮތުގައި އިއްޔެ ފަތިހު...

02 Nov 2024 | 20:04

ވަގަށް ނަގާފައިވާ 67 ކާޓަން ސިނގިރޭޓާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ށ. ފޭދޫ، ހިރުނދުމާގެ، އުމުރުން 24 އަހަރުގެ އަހްމަދު ލުޖައިން އެވެ.

ފުލުހުން ބުނެފައިވާގޮތުގައި އިއްޔެ ފަތިހު އޮލިމްޕަސް ކައިރިން އޭނާ ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަހަކުންނާއި ކޮތަޅުތަކަކުން 67 ކާޓަން ސިނގިރޭޓު ފެނުނު ކަމަށެވެ.

އެ ތަކެއްޗަކީ އޯސަން ނޯޓިކަލް ޕްރައިވެޓް ލިމިޓެޑުން ވަގަށް ނަގާފައިވާ ސިނގިރޭޓުކަން އެނގިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް