ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ނަސްރުގެ ދުވަހަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ދޭނެކަމުގެ ޔަގީންކަން އެމަނިކުފާނު މިއަދު އަރުވައިފިއެވެ.
ޑރ. މުއިއްޒު ދިވެހި ރައްޔިތުންނަށް މި ޔަގީންކަން އެރުވީ ނަސްރުދުވަހުގެ މުނާސަބަތުގައި ހެޔޮދުއާއާއި ތަހްނިޔާ އަރިސްކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ނަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެދުވަހާއި ބެހޭ މައުލޫމާތު ހާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިންމުކަމަށްޓަކައި 2024 އިން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމައަށް ދޭނެ ވާހަކަ ދަންނަވާކަމަށެވެ.
އިންތިހާބީ ރައީސް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ކުރީގެ ވެރިކަމުގައި އަދި މިހާރު އޮތް ރައީސް ސޯލިހްގެ ވެރިކަމުގައިވެސް ނަސްރުގެ ދުވަހަށް މާ ބޮޑު ސަމާލުކަމެއް ނުދޭތީ އާންމުން އެކަމުގައި ކަންބޮޑުވުން ފާޅުކުރަމުން ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް