އިއްޔެއަކީ އިންޑިއާގެ މަޝްހޫރު ތަރި ޝާހްރުކް ހާންގެ57 ވަނަ އުފަން ދުވަހެވެ.
މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުން މި ދުވަސް ފާހަގަ ކުރާއިރު ޝާހްރުކް ވަނީ އޭނާގެ ގޭގައި ހުރެގެން އެ ސަރަހައްދަށް އެއްވެފައި އޮތް މީހުންނާއި ބައްދަލުކޮށްފައި އެވެ. އޭނާ އުފަންދުވަސް ފާަހަގަކ ކުރަން ސަޕޯޓަރުން އެއްވެގެން ފަޅާ ކޭކުތަކުގެ އަދަދުވެސް މަދެއް ނޫނެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަ ޝާހްރުކްގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ މުހައްމަދު އަލައްބަރަކީވެސް އޭނާ އުފަންދުވަސް ކޮންމެ އަހަރަކު ފާހަގަ ކުރަން ބޮޑު ހަރަދެއް ކުރާ މީހެކެވެ. އަލައްބަރަކީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެމާރް ޕްރޮޕަޓީސް އެންޑް އީ ކޮމާސްގެ ފައުންޑަރެވެ.
އޭނާ ކޮންމެ އަހަރަކު ޝާހްރުކް ހާންގެ އުފަން ދުވަސް ފާހަގަ ކުރަން ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ ބުރްޖު ހަލީފާ ދިއްލާލުމުގެ އިންތިޒާމް ހަމަޖައްސަ އެވެ. ބުރްޖު ހަލީފާގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ވަނީ ޝާހްރުކްއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔައި ރޭ ބުރްޖު ހަލީފާ ދިއްލާލިތައް ދައްކާލާފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިއީ ބުރްޖު ހަލީފާ މިގޮތަށް ދިއްލާލި ފަސް ވަނަ އަހަރެވެ. ކޮންމެ އަހަރަކުވެސް އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައި އެ އިމާރާތް ދިއްލާލަނީ ޝާހްރުކްގެ މަޝްހޫރު ލަވައަކާއި އެކު އެވެ.
https://twitter.com/BurjKhalifa/status/1587867959145414657
މިދިޔަ ފަސް އަހަރުގެ ތެރެއިން އޭނާގެ އުފަން ދުވަސް ދުބާއީގައި ފާހަގަ ކުރީ އެންމެ އަހަރަކު އެވެ.
އެ އަހަރު ބުރްޖު ހަލީފާ ދިއްލާލުމުން ބުނެފައިވަނީ ދުނިޔޭގެ އެންމެ އުސްއިމާރާތުގެ ސްކްރީން އޭނާއަށް ޓަކައި ހާއްސަ ކުރީތީ އުފާ ކުރާ ކަމަށެވެ. އަދި ޝާހްރުކްގެ އެކުވެރިޔާ އަލައްބަރަށް ޝުކުރު އަދާކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް