ގަމު ކައުންސިލް މެންބަރަކު އެމްޑީޕީ ދޫކޮށް އެމްއެންޕީއަށް

ލ. ގަމު ކައުންސިލް މެންބަރު، އައިޝަތު ލީޒާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކޮށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކޮށްފިއެވެ. މިކަން ހާމަކޮށް ލީޒާ އާއްމުކޮށްފައިވާ ޕޯސްޓެއްގަ...

03 Nov 2022 | 14:32

ލ. ގަމު ކައުންސިލް މެންބަރު، އައިޝަތު ލީޒާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކޮށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކޮށްފިއެވެ.

މިކަން ހާމަކޮށް ލީޒާ އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދާއިރާގެ މަޖިލީސް މެންބަރުކަމާއި، ކައުންސިލާއި އތމ. ކޮމިޓީގެ ހުރިހާ ގޮނޑިތައް ރައްޔިތުން އެމް.ޑީ.ޕީއަށް ދިނީ ނުހަނު ބޮޑު އުންމީދާއެކުގައިކަމަށާއި ނަމަވެސް، ލ. ގަމާ ގުޅިފައިވާ އިންތިހާބީ ވައުދުތައް ފުއްދުމުގައި ސަރުކާރުވަނީ ނުކުޅެދިފައި ކަމަށެވެ.

"ރިޔާސީ ވެރިކަމެއް ހިނގަމުން ދިޔައެއްކަމަކު، އިދާރީ ދާއިރާތައް ހިންގުމުގެ ބާރު ދިނުމަށް ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުންނަށްވުރެ ބޮޑަށް ބަރުލަމާނުގެ ބާރުވެރިކަން ގަދަވެ، ލާމަރުކަޒީ ނިޒާމު ތަޣައްޔަރުވެއްޖެ،އެތައްހާސް މެންބަރުންނެއްގެ މައްޗަށް އެކުލެވޭ ޕާރޓީއެއް ކަމަށްވާ އެމް.ޑީ.ޕީ އަކީ މަދުބައެއްގެ ފަރުދީ މަންފާއަށްޓަކައި ބޭނުންކުރާ ހަތިޔާރަކަށް ބަދަލުވެ، އާންމު މެންބަރުންގެ ބައިވެރިވުމާއި ތަމްސީލުވުން ކެނޑިއްޖެ، ޕާރޓީއަށްޓަކައި އެތަކެއް އަހަރުތަކެއް ވަންދެން އެތަކެއް ގުރުބާނީއެއް ވީފަރާތްތައް އެކަހެރިކުރުމަށްފަހު، ފަރުދީ މަސްލަހަތު ހިމާޔަތްކުރުމުގެ ވަސީލަތަކަށް އެމް.ޑީ.ޕީ ބަދަލުވެއްޖެ" ލީޒާ ބުނެފައިވެއެވެ.

ހައްދުންމަތީ ގަމުގެ ކައުންސިލްގައި ލީޒާއާއެކު ހަތް މެންބަރުން ތިއްބަވާއިރު ލީޒާ ފިޔަވައި ދެން ތިއްބެވި ހަ މެންބަރުންވެސް ނިސްބަތްވަނީ އެމްޑީޕީއަށެވެ. ލީޒާވެސް އެ މަގާމަށް އިންތިހާބުވީ އެމްޑީޕީ ކެނޑިޑޭޓެއްގެ ގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް