ނަސްރުގެ ދުވަސް ވެސް ސާބިތު ކޮށްދެނީ މިނިވަންކަމުގެ ދިފާޢުގައި ދިވެހިން ޝަހީދުވާން ތައްޔާރަށް ތިބިކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު ޢަހުމަދު ވިދާލުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށް ފޮނުވަމުން ޑރ. ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެފަދަ ކުޑަ ޤައުމަކުން މިނިވަންކަން ނެގެހެއްޓުމުގައި ދިވެހިން މިވަނީ ނަމޫނާ ދައްކާފައި ކަމަށެވެ.
"ހީލަތްތެރި ރޭވުންތަކަށް ފާރަވެރިވެ، ހޭލާ ތިބެގެން މި ފަސްގަނޑު ހިމާޔަތްކުރަން ޢަޒުމް އާލާކުރަންޖެހޭ." ޑރ. ޖަމީލު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގައި ވެސް ނޮވެމްބަރ މަހުގެ 3ވަނަ ދުވަސް ފާހަގަ ކުރަނީ، 1988 ވަނަ ރާއްޖެއަށް ޓެރަރިސްޓު ބަޔަކު ދިން އުދުވާނީ ހަމަލާއާ ގުޅިގެން، ރާއްޖެއަށް އެދުވަހު ލިބުނު ނަސްރު ފާހަގަ ކުރުމަށާއި އެ ބިރުވެރި ދުވަހު ޝަހީދުވެގެން ދިޔަ ދިވެހީންގެ ހަނދާނުގައެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ފެށުނު ފަހުން ކޮންމެ އަހަރެއްގެ ވެސް މިދުވަހަކީ މި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އިދިކޮޅު ފަރާތްތަކުން އަމާޒުވާ ދުވަހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް