ބައްރު: ޔޫރަޕް
ފީފާ ރޭންކިން: 5
މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 15
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1950
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ޗެމްޕިއަން 1960 ، ކުއާޓާ ފައިނަލް 1954، 1958، 1962، 1970، 1986، 2002، 2006، ސެމީ ފައިނަލް 2018،
ކޯޗު
ނަން: ގެރެތް ސައުތްގޭޓް
ގައުމު: އިންގްލެންޑް
އުމުރު: 52 އަހަރު
އުފަންތާރީޚް: 3 ސެޕްޓެމްބަރ 1970
ޓީމާ ހަވާލުވީ: 2016 ވަނަ އަހަރު
އިންގްލެންޑްގެ ކޯޗުކަމާ ގެރެތު ސައުތުގޭޓް ހަވާލުވީ 2016 ވަނަ އަހަރު އެވެ. މި އަހަރުގެ ޔޫރޯ ކޮލިފައިންގައި ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް ވަނީ ފަސޭހަކަމާ އެކު ޔޫރޯ އަށް ކޮލިވެފަ އެވެ. ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދައިފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ބައިނަލްއަގްވާމީ މުބާރާތަކުން އިންގްލެންޑަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.
އިންގެލެންޑްގެ ގައުމީ ޓީމަށް ކުރިން ކުޅުނު ސައުތުގޭޓްގެ ކޯޗިން ކެރިއަރު 2006 ވަނަ އަހަރު ފެށީ މީޑްލްސްބަރާ އިންނެވެ. އޭގެ ފަހުން އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމުގައި ވެސް އޭނާ މަސައްކަތްކުރި އެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް އޮތް ގުރޫޕްގައި އެ ޓީމަކީ ފޭވަރިޓެވެ. ވޯލްޑް ކަޕްގައި ހޯދި ކާމިޔާބީއާ ގުޅިގެން، މި އަހަރުގެ ވޯލްޑް ކަޕުގައި ވެސް ސައުތުގޭޓުގެ އިރުޝާދުގެ ދަށުން އިންގްލެންޑް ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް ސަޕޯޓަރުން އުންމީދުކުރެ އެވެ.
މުހިންމު ކުޅުންތެރިން:
ހެރީ ކޭން
އިންގްލެންޑްގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން، އިދިކޮޅު ޓީމުތަކުން އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ކުޅުންތެރިޔަކީ ކެޕްޓަން ހެރީ ކޭނެވެ. ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުންދާ ކޭން ،29، އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން ކުޅުނު 75 މެޗުން އޭނާ ވަނީ 51 ލަނޑު ޖަހައިފަ އެވެ. އިންގްލެންޑާ އެކު 2016 ވަނަ އަހަރުގެ ޔޫރޯގައި ކޭން ކުޅުނެވެ. އެކަމަކު އޭނާ ވިދާލީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ކޭން ހޯދި އެވެ.
ޖޫޑް ބެލިންގަމް
އިންގްލެންޑް ޓީމުގައި މިހާރު ތިބި ޒުވާން ކުޅުންތެރިންގެ ތެރެއިން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އުމުރުން 19 އަހަރުގެ ޒުވާން މިޑްފީލްޑަރ ޖޫޑް ބެލިންގަމް އަކީ ވެސް ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިއެކެވެ. މިހާތަނަށް ވޯލްޑް ކަޕެއްގެ ތަޖުރިބާ ކޮށްފައި ނުވާ ބެލިންގަމް އަށް މިފަހަރުގެ ވޯލްޑް ކަޕަކީ މުޅިން އާތަޖުރިބާއަކަށް ވާނެއެވެ. 2020 ވަނަ އަހަރު އިންގްލެންޑުގެ ގައުމީޓީމަށް ކުޅެން ފެށި ބެލިންގަމް އަންނަނީ ކުލަބު ލެވެލްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ޑޯޓްމަންޑަށް ކުޅެދިން 148 މެޗުގައި 19 ގޯލު ޖަހާފައިވެއެވެ. އަދި އިނގިރޭސި ގައުމީޓީމަށް 17 މެޗު ކުޅެދީފައިވެއެވެ. ނަމަވެސް މިހާތަނަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް