ނަސްރުގެ ދުވަހު ރައީސް ޔާމީން ވިދާޅުވެދެއްވީ ޅެމެއް!

ނަސްރުގެ ދުވަހުގެ ހަނދާންތައް އައު ކުރެއްވުމުގެ ގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ކުރު ޅެމެއް ވިދާޅުވެދެއްވައިފިއެވެ. އިނގިރޭސި ބަހުން ޓްވިޓާގައި ހިއްސާ ކުރައްވާފައިވާ އެ ޅެމުގައި ރައީސް ޔާމީން ބަހު...

03 Nov 2022 | 09:23

ނަސްރުގެ ދުވަހުގެ ހަނދާންތައް އައު ކުރެއްވުމުގެ ގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ކުރު ޅެމެއް ވިދާޅުވެދެއްވައިފިއެވެ.

އިނގިރޭސި ބަހުން ޓްވިޓާގައި ހިއްސާ ކުރައްވާފައިވާ އެ ޅެމުގައި ރައީސް ޔާމީން ބަހުގެ ހަމަލާތަކެއް ދީފައިވަނީ ސިއްކަ އާއިލާއަށެވެ.

އެގޮތުން މިއަދަކީ ނަސްރުގެ ދުވަސް ކަމުގައި ވިދާޅުވުމުގެ ބަދަލުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ ހިތާމަވެރި "ސިއްކަ ދުވަސް" އަނެއްކާވެސް އައީ ކަމަށެވެ. ރާއްޖެއަށް އެދުވަހު ދިން ހިތާމަވެރި ހަމަލައިގެ ވާހަކަތަށް ކުރު ގޮތަކަށް ހިއްސާ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އެ ހިތާމަވެރި ހާދިސާއަށް ތިން ގަރުނަށް ވުރެ ގިނަ ދުވަސް ފުރިގެން ގޮސްފި ކަމަށެވެ.

ކޮންމެ އަހަރެއްގައި ވެސް ނޮވެމްބަރ މަހުގެ 3ވަނަ ދުވަސް ފާހަގަ ކުރަނީ، 1988 ވަނަ ރާއްޖެއަށް ޓެރަރިސްޓު ބަޔަކު ދިން އުދުވާނީ ހަމަލާއާ ގުޅިގެން، ރާއްޖެއަށް އެދުވަހު ލިބުނު ނަސްރު ފާހަގަ ކުރުމަށާއި އެ ބިރުވެރި ދުވަހު ޝަހީދުވެގެން ދިޔަ ދިވެހީންގެ ހަނދާނުގައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ފެށުނު ފަހުން ކޮންމެ އަހަރެއްގެ ވެސް މިދުވަހަކީ މި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އިދިކޮޅު ފަރާތްތަކުން އަމާޒުވާ ދުވަހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް