ރިސޯޓެއްގައި ބަގީއާއި އެކު މޫދަށް ވެއްޓުނު މުވައްޒަފަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
މިހާދިސާ ހިނގީ ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ އެރޭ 11:10 ހާއިރު އެވެ.
މިހާދިސާގައި ބަގީއާއި އެކު މޫދަށް ވެއްޓި އަނިޔާލިބުނީ އެ ރިސޯޓުގައި މަސައްކަތް ކުރާ26 އަހަރުގެ މޮރޮކޯ އަންހެނެކެވެ. އޭނާއަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ އަންގާރަ ދުވަހު އެވެ.
އެމީހާ މަރުވީ ރޭ 10:00 ހާއިރު އެވެ. އެ ހޮސްޕިޓަލަށް އެމީހާ ގެންދިޔަ އިރުވެސް ހާލު ވަރަށް ސީރިއަސް އެވެ. އަދި އޭނާއަށް ބޮޑެތި ޒަަހަމްތަކެއް ލިބިފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާދިސާ ހިނގުމުގައި މީހެއްގެ އިހުމާލު ނުވަތަ ތުހުމަތު ކުރެވޭ ފަދަ ކަމެއް މިހާތަނަށް ބެލި ބެލުމުން ފާހަގަވެފައި ނުވާ ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން އަދިވެސް ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް