އީލޮން މަސްކަށް އިތުބާރުކޮށް، ކަންގަނާ އެނބުރި ޓްވިޓަރަށް!

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު އަލުން ޓުވިޓާ އާއި ގުޅިއްޖެ އެވެ. އޭނާ ޓުވިޓާއިން ދާއިމީކޮށް ބޭރުކުރީ މިދިޔަ އަހަރުގެ މެއި މަހު ކުރީކޮޅު އެވެ. އެ ފަހަރު “ދާއިމީ”ކޮށް ކަންގަނާ ޓުވިޓާއިން ސަސްޕެންޑު...

03 Nov 2022 | 07:07

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު އަލުން ޓުވިޓާ އާއި ގުޅިއްޖެ އެވެ.

އޭނާ ޓުވިޓާއިން ދާއިމީކޮށް ބޭރުކުރީ މިދިޔަ އަހަރުގެ މެއި މަހު ކުރީކޮޅު އެވެ. އެ ފަހަރު “ދާއިމީ”ކޮށް ކަންގަނާ ޓުވިޓާއިން ސަސްޕެންޑުކޮށްފައި ވަނީ އޭނާ ކުރާ ޓުވީޓުތަކާއި ގުޅިގެން އޭގެ ކުރިން ތަފާތު އިންޒާރުތައް ދިނުމަށް ފަހު އެވެ.

ކަންގަނާ ޓުވިޓާއި އާއި އަލުން ގުޅުނީ އިއްޔެ ރޭ އެވެ. އޭނާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އަލުން ޓުވިޓާ އާއި ގުޅުމުގެ ފުރުސަތު ދިނީ އާ ސީއީއޯ އީލޮން މަސްކު ކަމަށެވެ.

އެކަމަށްޓަކައި މަސްކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށް ބުނެފައިވެ އެވެ. އަލުން ޓުވިޓާ އާއި ގުޅުމަށް ފަހު އޭނާ ދަނީ ބަރާބަރަށް ޓުވީޓުކޮށް އޭނާ ތާއީދު ކުރާ ކަންކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

އީލޮން ޓުވިޓާ ގަތުމަށް ފަހު ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. އެގޮތުން ބައެއް ސިޔާސީ ފަރާތްތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ހަރަކާތްތެރިންގެ އެކައުންޓުތައް ވަނީ އެކްޓިވޭޓް ކޮށްދީފަ އެވެ.

ދާއިމީކޮށް ޓުވީޓާއިން ކަންގަނާ ބޭރު ކުރަން އެފަހަރު ނިންމީ އިންޑިއާގެ ވެސްޓް ބެންގާލްގައި ބޭއްވި އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ ބީޖޭޕީ އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހި މަމްތާ ބެނަޖީގެ ޓީއެމްސީން އިންތިހާބު ކާމިޔާބުކުރުމާ ގުޅިގެން ކަންގަނާ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އޭނާ ބުނެފައި ވަނީ ޓީއެމްސީން އުޅެނީ ވެސްޓް ބެންގާލް އަންދާލައި ހަލާކުކޮށްލަން ކަމަށާއި އެހެންވެ ގަދަބާރުން ނަމަވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބީޖޭޕީން ވެސްޓް ބެންގާލް ހޯދަންޖެހޭ ކަމަށެވެ.

ޓުވިޓާއިން ބުނެފައިވަނީ ނަފުރަތު އުފައްދައި ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ކަންކަމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

ކަންގަނާ އޭރު ސިފަކުރި ގޮތުގައި ޓުވިޓާގެ އެ އަމަލަކީ ހިޔާލުފާޅުކުރަން އޮތް މިނިވަންކަމަށް އަރައި ގަނެ، ޑިމޮކްރަސީ ވެސް މަރައިލުމެވެ.

ކަންގަނާ ބޮލީވުޑްގައިވެސް އަދި އިންޑިއާގައިވެސް މިހާރު ބޮޑަށް މަޝްހޫރުވެފައިވަނީ ބެހެން ނުޖެހޭ ކަންކަމާ ބެހޭ މީހެއްގެ ގޮތުގައި އެވެ. އެގޮތުން އޭނާ އާއި ގުޅުން ނެތް ކަންކަމުގެ ތެރެއަށް އަނގަބާނާ ހިޔާޅު ފަޅު ކުރާތީ ގިނަ ބަޔަކު އޭނާއަށް ނުރުހުން ފަޅު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް