ޔޫރޮޕާ ލީގު: މިރޭ ސޮސިއެދާދާއި ދެކޮޅަށް އެންތަނީ، ސަންޗޯ އަދި މާޝިއަލް ނުކުޅޭނެ

ޔޫރޮޕާ ލީގު ގުރޫޕް މަރުހަލާގެ އެންމެ ފަހު މެޗަށް ސްޕެއިންގެ ރެއާލް ސޮސިއެދާދާއި ދެކޮޅަށް މެންޗެސްޓަަ ޔުނައިޓެޑު މިރޭ ނުކުންނައިރު، އެ މެޗަށް ނެގި ޔުނައިޓެޑުގެ ސްކޮޑުން އެންތަނީ އާއި ސަންޗޯ އަދި މާޝިއަ...

03 Nov 2022 | 06:07

ޔޫރޮޕާ ލީގު ގުރޫޕް މަރުހަލާގެ އެންމެ ފަހު މެޗަށް ސްޕެއިންގެ ރެއާލް ސޮސިއެދާދާއި ދެކޮޅަށް މެންޗެސްޓަަ ޔުނައިޓެޑު މިރޭ ނުކުންނައިރު، އެ މެޗަށް ނެގި ޔުނައިޓެޑުގެ ސްކޮޑުން އެންތަނީ އާއި ސަންޗޯ އަދި މާޝިއަލް ބާކީ ކޮށްފިއެވެ.

މި ތިން ކުޅުންތެރިން ސްކޮޑުން ބާކީކުރުމަށް ފަހު ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޮސިއެދާދާއި ދެކޮޅަށް މިރޭ ޔުނައިޓެޑު ނިކުންނަ މެޗަށް ނެގި ސްކޮޑުން މާޝިއަލް އަދި އެންތަނީ ބާކީ ކުރީ ފިޒިކަލީގޮތުން މުޅިން ފިޓު ނުވާތީ އެ ކުޅުންތެރިންނަށް ރެެސްޓު ދިނުމުގެ ގޮތުން ކަމަށާއި ނަމަވެސް ސަންޗޯ ބާކީ ކުރީ ބަލިވެ އުޅޭތީ ކަމަށެވެ. އެންމެ ފަހުން ލީގުގައި ވެސްޓްހަމާއި ދެކޮލަށް ކުޅެ 0-1 އިން ޔުނައިޓެޑު މޮލުވި މެޗުގައި ވެސް މި ތިން ކުޅުންތެރިން ކުޅެފައެއް ނުވެއެވެ.

ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިރޭގެ މެޗުގައި ނުކުޅެވުނު ނަމަވެސް މި ކުޅުންތެރިންގެ ފަރިތަކުރުންތައް ކެރިންގްޓަންގައި ކުރިޔަށް ދާނެ ކަމަށާއި އެންތަނީ އާއި މާޝިއަލްގެ ފަރިތަކުރުންތައް ކުރިޔަށް ގެންދާނީ ވަކިވަކި ފަރިތަކުރުންތަކެއްގެ ގޮތުގައި ކަމަށެވެ. އަދި ސަންޗޯގެ ބަލިހާލަތު ތަން ނުދޭތީ އޭނާގެ ފަރިތަކުރުންތައް އަދި ކުރިޔަށް ނުގެންދާނެކަމަށް ވެސް ބަޔާނުގައި ބުނެފައިވެެއެވެ. މިރޭ ސޮސިއެދާދާއި ދެކޮޅަށް ޔުނައިޓެޑް ނިކުންނައިރު، ރެފެއަލް ވެރާން ވެސް ހުރީ އަނިޔާގައެވެ. އޭނާ ވެސް މިރޭގެ މެޗުގައި ނުކުޅޭނެއެވެ.

މިރޭ ގުރޫޕުގެ ފަހު މެޗަށް މި ދެޓީމު ނުކުންނައިރު، މި ދެޓީމަށް ވެސް އޮތީ މުބާރާތުގެ ދެވަނަ ބުރު ޔަގީންވެފައެވެ. މިރޭގެ މެޗުގެ ނަތީޖާއިން ގުރޫޕުގެ އެއްވަނަ އަދި ދެވަނަ ކަނދައެޅިގެން ދާއިރު، މި މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ޔުަނއިޓެޑު މޮޅުވެއްޖެނަމަ އެޓީމަށް މި ގުރުޕުގެ އެއްވަނަ މަގާމު ލިބޭނެއެވެ.

މިވަގުތު އެއްވަނަގައި މަގާމުގައި އޮތީ ކުޅުނު ފަސް މެޗުން މޮޅުވެގެން 15 ޕޮއިންޓާއި އެކު ރެއާލް ސޮސިއެދާދްއެވެ. ޔުނައިޓެޑު ދެވަނާގައި އޮތީ ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް