އައްޑަނަ މަޖައްލާގެ 32 ވަނަ ޢަދަދު، ޝާއިޢުކޮށްފި

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ދިވެހި ސިފައިންގެ މަޖައްލާ، "އައްޑަނަ" ގެ 32 ވަނަ ޢަދަދު، މިއަދު ޝާއިޢުކޮށްފި އެވެ. ކޮންމެ އަހަރަކު ދެފަހަރު ޝާއިޢު ކުރަމުން އަންނަ އައްޑަނަ މަޖައްލާއަކީ، ސަރުކާރ...

03 Nov 2022 | 05:01

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ދިވެހި ސިފައިންގެ މަޖައްލާ، "އައްޑަނަ" ގެ 32 ވަނަ ޢަދަދު، މިއަދު ޝާއިޢުކޮށްފި އެވެ.

ކޮންމެ އަހަރަކު ދެފަހަރު ޝާއިޢު ކުރަމުން އަންނަ އައްޑަނަ މަޖައްލާއަކީ، ސަރުކާރުގައި ރަޖިސްޓްރީކޮށްގެން 2007 ވަނަ އަހަރުން ފެށިގެން އާންމުކޮށް ނެރެމުން އަންނަ މަޖައްލާއެކެވެ.

މިގޮތުން މި މަޖައްލާ ޝާއިޢުކުރަމުން ދަނީ ކޮންމެ އަހަރެއްގެ ސިފައިންގެ ދުވަހާއި ނަޞްރުގެ ދުވަހުގެ މުނާސަބަތުގަ އެވެ.

މިއަދު ނެރުނު ޢަދަދުގެ ތީމަކީ، "ދިފާޢީ އައްޑަނަ" އެވެ. މިގޮތުން ރާއްޖޭގެ ފުންނާބު އުސް ޢިލްމީ ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކާއި ދިރާސާތައް މި އަދަދުގައި ހިމަނާފައި ވެއެވެ.

އޭގެ ތެރޭގައި، ޤައުމިއްޔަތު، އިޖުތިމާޢީ، ދީނީ، ޞިއްޙީ، ތާރީޚު، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ތަފާތު ރަހަތަކުގެ ލިޔުއްތައް ހިމަނާފައި ވެއެވެ.

މި އަދަދު ގިނަ ބަޔަކަށް ކިޔާލަން މަގުފަހިކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ކިޔާލެވޭ ގޮތަށް އެމްއެންޑީއެފް ވެބްސައިޓްގައި މިހާރު ޝާއިޢުކުރެވިފައިވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް