ބައްރު: ޔޫރަޕް
ފީފާ ރޭންކިން: 8
މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 10
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1934
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ރަނަރަޕް 2010، ރަނަރަޕް 1974، ރަނަރަޕް 1978، ރައުންޑް އޮފް 16 1990، ކުއާޓާ ފައިނަލް 1994، ރައުންޑް އޮފް 16 2006، ތިމްވަނަ 2014،
ކޯޗު
ނަން: ލުއިސް ވެން ހާލް
ގައުމު: ނެދަލެންޑްސް
އުމުރު: 71 އަހަރު
އުފަންތާރީޚް: 6 އޮގަސްޓް 1971
ޓީމާ ހަވާލުވީ: 2021 ވަނަ އަހަރު
ކޯޗު ލުއިސް ވެން ހާލް އަކީ މުޅި ދުނިޔޭގައިވެސް މަގްބޫލު ކޯޗެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ވެން ހާލް އަކީ މާ މަޝްހޫރު ފަރާތެއް ނޫނެވެ. އޭނާ ބޮޑަށް މަޝްޙޫރުވެފައިވަނީ ކޯޗެއްގެ ގޮތުގައެވެ. ޔޫރަޕުގެ މަޝްހޫރު ގިނަ ކުލަބުތަކަކަށް ވެންހާލް ކޯޗު ކޮށްދީފައިވެއެވެ. އެގޮތުން ބާސެލޯނާ، މެންޗެސްޓަރ ޔުނައިޓެޑް، އަޔެކްސް، ބަޔާން މިޔުނިކް ފަދަ ކުލަބުތައް ހިމެނެއެވެ. އަދި މި ކުލަބުތަކާއި އެކު ރަނގަޅު ކާމިޔާބީތައް ވެސް ހޯދާފައިވެއެވެ.
ވެން ހާލް ނެދަލެންޑްސްގެ ކޯޗުކަމާއި ހަވާލުވީ 2021 ވަނަ އަހަރުގައެވެ. މިއީ އޭނާ ނެދަލެންޑްސްގެ ކޯޗުކަމާއި ހަވާލުވި ތިންވަނަ ފަހަރެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕު މުބާރާތަކީ ވެން ހާލްގެ ކޯޗުކަމުގައި ނެދަލެންޑްސް ވާދަކުރާ ދެވަނަ ވޯލްޑް ކަޕެވެ. ވެލް ހާލްގެ ކޯޗުކަމުގައި ނެދަލެންޑްސް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
ވެން ހާލް 2021 ވަނަ އަހަރު ނެދަލެންޑްސްގެ ކޯޗުކަމާއި ހަވާލުވި ފަހުން މިހާތަނަށް އެޓީމުން ކުޅުނު 15 މެޗުގެ ތެރެއިން 11 މެޗުން ވަނީ މޮޅުވެފައެވެ. ހަތަރު މެޗު ވަނީ އެއްވަރުވެފައެވެ. މެޗަކުން ބަލިވެފައެއް ނުވެއެވެ.
މުހިންމު ކުޅުންތެރިން:
ވާޖިލް ވެން ޑައިކް
ނެދަލެންޑްސް އަކީ ތަރިން ގިނަ ޓީމެކެވެ. ހައްތާވެސް ތަރިންނެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ނަން މަޝްހޫރު އެއް ތަރިއަކީ ލިވަޕޫލްގެ ޑިފެންޑަރ ވާޖިލް ވެން ޑައިކް އެވެ.
މިފަހަރުގެ ޓީމުން ނެދަލެންޑްސްގެ އެންމެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ލިވަޕޫލުގެ ޑިފެންޑަރ ވާޖިލް ވެން ޑައިކްއެވެ. ވެން ޑައިކް އަކީ ޓީމުގެ ކެޕްޓަން ވެސް މެއެވެ. ނެދަލެންޑްސްއަށް 2015 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ވެން ޑައިކް، މީގެ ކުރިން ވޯލްޑް ކަޕެއްގައި ކުޅެފައެއް ނުވެއެވެ. މިއީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕެވެ. މިހާތަނަށް ނެދަލެންޑްސްއަށް ކުޅުނު 49 މެޗުން އޭނާ ވަނީ ހަ ގޯލު ޖަހައިދީފައެވެ.
ފްރެންކީ ޑި ޔޮންގް
ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ މިޑްފީލްޑަރ ޑި ޔޮންގް އަކީ ނެދަލެންޑްސް މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ. އުމުރުން 25 އަހަރުގެ ޑި ޔޮންގް އަންނަނީ ކުލަބު ލެވެލްގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެހެން ކަމުން މިފަހަރުގެ ވޯލްޑް ކަޕާއި ކުރިމަތިލާއިރު، އޭނާ ހުރީ ރަނގަޅު ފޯމެއްގައިކަން ފާހަގަކޮށްލަން ޖެހެއެވެ.
ނެދަލެންޑްސްގެ ޔޫތް ޓީމުން ވިދާޅި ޑި ޔޮންގް ނެދަލެންޑްސްގެ ސީނިއަރ ޓީމަށް ކުޅެން ފެށީ 2018 ވަނަ އަހަރުގައެވެ. އޭނާ ވަނީ މިހާތަނަށް ކުޅެދިން 45 މެޗުގައި އެއް ގޯލު ޖަހައިދީފައެވެ. މިއީ ޑި ޔޮންގް ގެ ފުރަތަމަ ވޯލްޑް ކަޕެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް