ދިވެހިރާއްޖެއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަބްދުލްމަޖީދު މާހިރު އަވަހާރަވެއްޖެއެވެ.
އެމަނިކުފާނު އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އަބްދުލްމަޖީދަކީ އިސް މަގާމުތައް ފުއްރަވާފައިވާ ޤައުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
އަބްދުލްމަޖީދު މާހިރު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުޒިއްޔާގެ މެސެޖެއްވެސް ފޮނުއްވާފައެވެ.
ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ތެރެއިން ނުހަނު ޤަދަރުވެރި، ޚިދުމަތްތެރި، ތަޖުރިބާކާރު ހަރުދަނާ ޝަހްސިއްޔަތެއް ކަމަށްވާ އަބްދުއްލްމާޖިދު މާހިރު އަވަހާރަވީ ޚަބަރު ރައީސް އެއްސެވީ ފުން ހިތާމައާއި އެކުގައި ކަމަށެވެ.
އަދި މާހިރަކީ މާލޭ މުނިސިޕަލް ކައުންސިލްގެ ރައީސްކަމުގެ އިތުރުން، ސަރުކާރުގެ އެކު ދާއިރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ދިވެހި ބޭސްވެރި ޚަކީމެއް ކަމާއި ދިވެހި ތާރީހާއި ސަގާފަތާއި އޮޅުންފިލުވައިދެއްވި އުސްތާޒެއް ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެެވެ.
މީގެއިތުރުން ގައުމަށް ޚިދުމަތްތެރި އިލްމީ ގާބިލް ދަރިންތަކެއް ތަރުބިއްޔަތުކުރެއްވެވި އަގުހުރި ބައްޕައެއްކަން ފާހަގަކުރައްވާ ރައީސް ވަނީ އަބްދުއްލްމަޖީދު މާހިރުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް