ގުދުރަތީ ރީތި މަންޒަރެއް- ރަށުތެރެއިން ދޫނީގެ ހިތްގައިމު ރާގުތައް!

"ވިލެޖް ވީވަރ" ދޫނި އާލާކުރުމަށް ރާއްޖޭގެ ގިނަ ރަށްތަކަކުން މަސައްކަތްކޮށް އެކަން ވަނީ ކާމިޔާބުކޮށްފައެވެ. ސައިޒުން ކުޑަ މި ދޫންޏަކީ ކާޅަށް އެއަށް ގެއްލުން ނުދެވޭވަރުގެ ހުށިޔާރު ދޫންޏެއްކަމުން ރަށުތެރ...

03 Oct 2024 | 11:51

"ވިލެޖް ވީވަރ" ދޫނި އާލާކުރުމަށް ރާއްޖޭގެ ގިނަ ރަށްތަކަކުން މަސައްކަތްކޮށް އެކަން ވަނީ ކާމިޔާބުކޮށްފައެވެ.

ސައިޒުން ކުޑަ މި ދޫންޏަކީ ކާޅަށް އެއަށް ގެއްލުން ނުދެވޭވަރުގެ ހުށިޔާރު ދޫންޏެއްކަމުން ރަށުތެރޭގައި މި ދޫނިތައް އާލާވެ ގަސްތަކުގައި ހާލި ހަދާފައިވާ މަންޒަރު ގިނަ ރަށްރަށުން މިހާރު ފެނެއެވެ. މި ދޫނި އާލަކުރުމުން ގަސްގަހުގައި އަޅާ، ގަހަށް ގެއްލުން ދޭ ފަދަ ފަނިފަކްސާތައް ކޮންޓްރޯލްކޮށް އޭގެ ފުރިހަމަ ފައިދާ ވެއްޓަށް ކުރާނެ ކަމެއް ކަމުގައި ދޫނި އާލާކުރުމުގައި އުޅޭ ގިނަ ފަރާތްތަކަކުން ބުނެެއެވެ.

މި ދޫންޏަކީ ގެންގުޅުމަށް ވަރަށް ފަސޭހަ ވެސް ދޫންޏެއް މެއެވެ. ދޫނި ރަށުތެރެއަށް ދޫކޮށްލާ ފުރަތަމަ ދުވަސްކޮޅު ދޫންޏަށް ކާން އެޅުމަށް ވަކި ސަރަހައްދެއް ކަނޑައެޅުމުން އެ ސަރަހައްދަކަށް ދޫނި ހޭނޭ ކަމަށް ދޫނި ގެންގުޅޭ ފަރާތަކުން މައުލޫމާތު ދެއެވެ.

މިއީ ރާއްޖެއަށް ވަރަށް އައު މަންޒަރެއް ނަމަވެސް ބައެއް ރަށްރަށުގެ ކައުންސިލްތަކުން އިސްނަގައިގެންވެސް މި ދޫނި އާލާކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި ދޫނި އެންމެ ބޮޑަށް އާލާވެފައިވާ ރަށެއްގެ ގޮތުގައި ފާހަގަކޮށްލެވެނީި ތ.އަތޮޅު ވަންދޫއެވެ. އެ ރަށުގައި މި ދޫނި މިހާރު ވަނީ  ވަރަށް ބޮޑަށް އާލާވެފައެވެ. މުޅިި ރަށުތެރެއަށް އެ ދޫނިތަކުގެ ހިތްގައިމު ރާގުތަކުްން ވަނީ ގުގުމާލާފައެވެ. މިއީ ގުދުރަތީ ވަރަށް ރީތި މަންޒަރެކެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް