ކުއްލި ހާލަތްތަކުގައި އެހީހޯދުމަށް އެދި ގުޅަން "ޝޯޓްކޯޑް ލައިން"911 ރާއްޖެއަށް ތައާރަފްކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ފަށައިފިއެވެ.
އެ ހެލްޕްލައިން އަށް ގުޅުމުން ކަމާ ގުޅުން ހުރި އިދާރާތަކުން ވަގުތުން އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް، ހަމަޖެއްސުމަށް ނިންމީ. ހެލްތް މިނިސްޓްރީން ރައީސް އޮފީހުގައި ސޯޝަލް ކައުންސިލަށް ހުށަހަޅައިގެންނެވެ. އަދި މިކަން ވީހާވެސް އަވަހަކަށް ފެށުމަށް ކައުންސިލުތަކުން ވަނީ ފާސްކޮށްފައެވެ.
ގައުމީ ކުއްލި ހާލަތުުތަކުގައި ސަލާމަތާއި ރައްކާތެރިކމަުގެ ހިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ގައުމީ ހެލްޕްލައިން ގާއިމްކުރުމާއި ގުޅޭ ކަންކަން، ހޯމް މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދެވޭހެން ނިންމުމަށް ސޯސަލް ކައުންސިލުން ވަނީ ނިންމާފައެވެ.
ކައުންސިލްގައި ނިންމާފައިވަނީ ހެލްޕްލައިންއެއްގެ ގޮތުގައި911 ބޭނުން ކުރުމަށެވެ.
އެކަމާއި ގުޅިގެން މިދިޔަމަހު ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ހޯމް މިނިސްތަރު އަލީ އިހުސާން އަދި ފޮރިން މިނިްޓަރު އަބްދުﷲ ހަލީލް، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުގެ އިތުރުން އެމްއެންޑީއެފްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.
ހޯމް މިނިސްޓްރީގައިި އިއްޔެ ބޭއްވުނު ބައްދަލުވުމުގައި ވަނީ އާސަންދަ އާއި އައިޖީއެމްއެޗްގެ އިތުރުން ވެސް ކަމާ ގުޅުން ހުރި އިދާރާތަކުގެ ބޭފުޅުން ބައިވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް