ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރަސްމީ ޖަލްސާއެއް މި ހޮނިހިރު ދުވަހުގައި ބޭއްވުމަށް ނިންމަވައިފިއެވެ.
މި ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ހެނދުނު9 ޖަހާއިރު ދަރުބާރުގޭގައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.
އަދި ހާފިޒު ކަމުގެ ސަނަދު ހާސިލުކުރި ހާފިޒުންނަށް ރައީސް ދެއްވާ މެޑައްޔާއި، އިނާމާއި، ހަނދާނީ ލިޔުން ދެއްވާނެއެވެ.
އެގޮތުން މި ޖަލްސާގައި28 ހާފިޒަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ދެއްވާނެއެވެ.
ރާއްޖެ އިސްލާމްވި ދުވަސްގޮތުގައި ފާހަގަކުރަނީ ރަބީއުލްއާޚިރު މަހުގެ ދެ ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް