އެމްޑީޕީީގެ މާލީ ހާލަތު ރަގަނޅު ކުރުމަށް ވިޔަފާރީއެއް ފެށުމަށް ނިންމައިފި

އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން ވިޔަފާރީއެއް ކުރުމަށް ނިންމައިފިއެވެ. އެ ޕާޓީން މި މަހު2 ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި މިކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާ...

03 Oct 2024 | 10:39

އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން ވިޔަފާރީއެއް ކުރުމަށް ނިންމައިފިއެވެ.

އެ ޕާޓީން މި މަހު2 ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި މިކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްއެވެ.

މި ވިޔަފާރީއަކީ އެ ޕާޓީގެ ތަނަވަސްކަން ހޯދުމަށް ކުރެވޭ ވިޔަފާރީއެއް ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ޕާޓީއެއް ހަރުދަނާކޮށް ހިންގުމަށް ފައިސާ ބޭނުންވާނެ ކަމަށާއި، އެ ޕާޓީއަށް19 އަހަރު ފުރި ދެ ފަހަރަށް އެ ޕާޓީން ރާއްޖޭގެ ވެރިިކަން ކޮށްފައިވީއިރުވެސް އެ ޕާޓީއަށް މިހާތަނަށް މާލީ ތަނަވަސްކަން ހޯދިފައި ނުވާ ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އަދި މީގެއިތުރުން އެ ޕާޓީގެ ސިޔާސަތުތައް ކުރިއަރުވައި ބިނާކުރުމަށާއި ދައުލަތުގެ އެކި މަގާމުތަކަށް އައްޔަން ކުރާ މީހުންނަކީ އެޕާޓީން ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކުގައި ހިފަހައްޓާ ބަޔަކަށް ހެދުމަށް ހާއްސަ އެކަޑަމީއެއް އުފެއްދުމަށް ވެސް ނިންމާފައިވާ ކަން ރޭ އެ ޕާޓީގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

ސިޔާސީ ޕާޓީތަކުގެ ހިންގުމާއި، ހަރަކާތްތައް ވަރުގަދަކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވިޔަފާރިއެއް ކުރުމަކީ ސިޔާސީ ޕާޓީތަކާއި ބެހޭ ގާނޫނުގައި ހުއްދަކޯށްފައިވާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް