ރޭ ސިނަމާލެ ބްރިޖު މަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ކޮއިމަލާ ހިނގުމަށް އެޅި ސައިކަލަކާއި ބޮޑު ތަކުރުފާނު މަގުން ބްރިޖު އާއި ވީ ކޮޅަށް ދުއްވާފައި ދިޔަ ސައިކަލްަ އެއް ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން އަންހެނަކު ވިއްސައިގެން ގޮސް ވެއްޓި ބޮލަށް ވަނީ އަނިޔާތަކެއް ލިބިފައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި ހާދިސާގައި އެކްސިޑެންޓުވި މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް