ހއ. އަތޮޅު ކައުންސިލްގެ ތިލައުތުރު ރަންތާޖު ގުރުއާން މުބާރާތް މިފަހަރު ހޯސްޓު ކުރާ ރަށަކަށް ހއ. އުތީިމު ކަޑައަޅައިފިއެވެ.
ހއ. އަތޮޅު ކައުންސިލުން ވަނީ ހއ. އުތީމާއި އެކު ވެވޭ އެއްބަސްވުމުގައި ސޮއި ކުރުމަށް އިއްޔެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއަޔާތުުގައި ހއ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ސަފީގް އަދި ހއ. އުތީމުގެ ރައީސް އަބްދުﷲ ރަޝީދު ބައިވެވަޑައިގެންފައިވެއެވެ.
ހއ. އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު އެއް ގުރުއާން މުބާރާތް ބޭއްވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެ އަތޮޅު ކައުންސިލުން އަންނަނީ ވަމުންނެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 24-26 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް