ޖަލުގައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ނިންމައިފި

ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ ދަންޖެހިގެން އަމިއްލައަށް މަރުވިކަމަށް ބުނާ މީހާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު މާލެ ގެނެސްފިއެވެ. ކުޑަކުއްޖަކަށް ޖިންސީ ހާނިއްކައެއް ކ...

03 Oct 2024 | 06:35

ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ ދަންޖެހިގެން އަމިއްލައަށް މަރުވިކަމަށް ބުނާ މީހާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު މާލެ ގެނެސްފިއެވެ.

ކުޑަކުއްޖަކަށް ޖިންސީ ހާނިއްކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މިދިޔަ މަހުގެ 24 ވަނަ ދުވަހު މަރުވީ ކ. މާލެ، ގ. އެއްތެޔޮމާގެ، އުމުރުން 62 އަހަރުގެ އަބްދުލް ޢަނީ އިސްމާއީލެވެ.

އެ ދުވަހު ކަރެކްޝަންސް އިން ބުނެފައިވަނީ އެދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާ ހުރި ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނިގެން މާފުށީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެހެންނަމަވެސް ގެންދިޔައިރުވެސް ފުރާނަ ނެތްކަމަށް ހޮސްޕިޓަލުން ބުނި ކަމަށެވެ.

މިއަދު ފުލުހުން ބުނެފައިވަނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު އިއްޔެ އޭނާގެ ހަށިގަނޑު މާލެ ގެނެސް މިހާރު އާއިލާއާއި ހަވާލުކޮށްފައިވާކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް