އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް އިސްލާމީ މަރުކަޒުގައި މަސްފެންގަނޑު ނާޅާނެ !

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭތީ އެކަމާއި ގުޅުވައި އިސްލާމީ މަރުކަޒު ސަރަހައްދުގައި މަސްފެންގަނޑެއް އަޅަން ނިންމައި ކުރި އިއުލާނު ބާތިލުކުރަން އަންގާފައިވާނެކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހަ...

03 Oct 2024 | 04:32

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭތީ އެކަމާއި ގުޅުވައި އިސްލާމީ މަރުކަޒު ސަރަހައްދުގައި މަސްފެންގަނޑެއް އަޅަން ނިންމައި ކުރި އިއުލާނު ބާތިލުކުރަން އަންގާފައިވާނެކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން އިއުލާނެއް ކުރީ އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި މަސްފެންގަނޑެއް ހަދައިދޭނެ ބަޔަކު ހޯދުމަށެވެ. އެތަން ހަދަން ނިންމީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް މިއަދު ހެނދުނު މިނިސްޓަރު ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ އިގްތިސާދު އޮތްގޮތުން މިވަގުތު އެ ބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ އެ އިއުލާނު ބާތިލުކުރަން ވާނީ އަންގާފައި ކަމަށެވެ.

އަސްލު އެ ފެންގަނޑަކީ މަރުކަޒު އެޅީއްސުރެ މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑެއް ކަމަށާއި މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމުގައިވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް