ދުވަހުގެ މޫސުން: މިއަދު ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅު

ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މިއަދު ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އ...

03 Oct 2024 | 04:16

ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މިއަދު ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގެ ކަނޑުތައްވެސް އާދައިގެވަރަކަށް މަޑުވާނެއެވެ.

މިއަދު މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް މެޓުން ބުނެފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވިއްސާރަކޮށްފައިވާކަމަށް މެޓުގެ ޑާޓާއިން ދައްކަނީ ފުވައްމުލައް ސިޓީއަށާއި ގދ. ފަރެސްމާތޮޑާ އާއި ގދ. ކާޑެއްދޫގެ އިތުރުން ރ. އިފުރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް