ނޭޕާލާއި، އިންޑިއާ ގުޅޭ ސަރަޙައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ ކަމަށް އިންޑިއާ އާއި ނޭޕާލްގެ އޮފިޝަލުން ހާމަކޮށްފިއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ސިސްމޮލޮޖީން ބުނީ 6.2 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުން އައިސްފައިވަނީ 5 ކިލޯމީޓަރު އަޑިން ކަމަށެވެ.
މި ބިންހެލުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި ވަށައިގެންވާ ސަރަހައްދުތަކަށް ވެސް ވަނީ އިހުސާސްވެފަ އެވެ. ނިއު ދިއްލީގެ ބައެއް ސަރަހައްދުތަކުގައި ހުރި ގެތަކާއި އޮފީސް ބްލޮކްތަކުން މީހުން ވަނީ ހުސްކޮށްފަ އެވެ.
މި ހާދިސާގައި އިންޑިއާ އާއި ނޭޕާލަށް އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ސިސްމޮލޮޖީން ބުނީ ބިންހެލުމުގެ މައިމަރުކަޒު އޮތީ ނޭޕާލްގެ ލޭންޓިއުޑްގެ އުތުރުން 29.39 ޑިގްރީ އުތުރަށް އަދި އިރުމަތީގައި 81.23 ޑިގްރީ އިރުމަތީގައި ކަމަށެވެ.
ނޭޝަނަލް ޖަރުމަން ރިސާޗް ސެންޓަރ ފޮރ ޖިއޯސައިންސަސް ކަމުގައިވާ ޖީއެފްޒެޑް (ޖިއޯފޯސްޗަންގްސްޒެންޓްރަމް) އިން ބުނީ ނޭޕާލް ސަރަޙައްދަށް އައިސްފައި ވަނީ 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް