ރައްޔިތުންގެ މަޖިލީހަކީ އަންހެނުންގެ އަޑުވެސް އިވޭ މަޖިލީހަކަށް ވާން ޖެހޭ ކަމަށްކުރީގެ މަޝްހޫރު ޕްރެޒެންޓަރ އަދި ޕީޕީއެމް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބު ނިމުމާއެކު މިހާރު އެންމެންވެސް މަސައްކަތް ފަށާފައި ވަނީ މަޖިލިސް އިންތިހާބަށެވެ. ބައެއް މީހުން ދަނީ އެ އިންތިހާބުގައި ކުރިމަތި ލާނެކަން އިއުލާނު ކުރަމުންނެވެ.
އެކމަކަށް އިޝާރާތް ކުރައްވައި ހީނާ ވިދާޅުވީ، އަދި ފެންނަނީ މުޅިންވެސް 2024 ގައި މަޖިލީހަށް ކުރިމަތިލާ ފިރިހެނުންގެ ވާހަކަ ކަމަށެވެ.
އަންހެނަކު ކުރިމަތިލާން އުޅޭ ޕޯސްޓެއް ވެސް ނުފެންނަކަން ފާހަގަ ކުަރއްވައި ހީނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ އަންހެނުންނަށް ވެސް ފުރުސަތު ލިބޭ، އަންހެނުންގެ ބަސް ބުނެވޭ، އަންހެނުންގެ އަޑު އިވޭ މަޖިލީހަކަށް ވާންޖެހޭ ކަމަށެވެ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް