ހިތަދޫ ކުނިގޮނޑުގައި ރޯވި އަލިފާން ނިއްވާލައިފި

އައްޑޫސިޓީ ހިތަދޫ ވެމްކޯ ކުނިގޮނޑުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ނިއްވާލައިފިއެވެ. ހިތަދޫ ވެމްކޯގައި މަސައްކަތް ކުރާ މުވައްޒަފުންވެސ...

03 Oct 2023 | 15:31

އައްޑޫސިޓީ ހިތަދޫ ވެމްކޯ ކުނިގޮނޑުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ނިއްވާލައިފިއެވެ.

ހިތަދޫ ވެމްކޯގައި މަސައްކަތް ކުރާ މުވައްޒަފުންވެސް އަލިފާން ނިއްވުމަށް ހަރަކާތްތެރިވި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އެމްއެންޑީއެފް އިން ބުނާ ގޮތުގައި އެ ހާދިސާގެ މަޢުލޫމާތު މިއަދު މެންދުރު 12:00 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއިއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ ހަރަކާތްތެރިވެފައެވެ.

މީގެ އިތުރަށް، އެ ސަރަހައްދަށް ފަޔަރފައިޓަރުން ގޮސް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ނިއްވާލާފައި ވަނީ މިއަދު 16:01 ހާއިރުގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް