އިމްރާންގެ އިލްތިމާސެއް މުއިއްޒަށް: ހިޔާރުކުރަންވާނީ އަމާންކަން ކަށަވަރުކޮށްދެވޭވަރުގެ ސީޕީއެއް

ގައުމާއި ރައްޔިތުންގެ އަމާންކަން ކަށަވަރުކޮށްދެވޭވަރުގެ ޕޮލިސް ކޮމިޝަނަރަކު ހިޔާރުކުރެއްވުމަށް ނިމެން މިދާ ސަރުކާރުގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިލްތި...

03 Oct 2023 | 14:18

ގައުމާއި ރައްޔިތުންގެ އަމާންކަން ކަށަވަރުކޮށްދެވޭވަރުގެ ޕޮލިސް ކޮމިޝަނަރަކު ހިޔާރުކުރެއްވުމަށް ނިމެން މިދާ ސަރުކާރުގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިލްތިމާސްކުރައްވައިފިއެވެ.

އެގޮތުން އިމްރާން މިއަދު ވިދާޅުވީ އެމީހެއްގެ ރޮނޑުން ހަންދަމާނެގޮތް އެނގޭނީ އެމީހަކަށް ކަމުގައި މުސްކުޅިން ބުނި ނަމަވެސް ރާއްޖެއަކީ އިމްރާންގެވެސް ގައުމަށްވީތީ ހިތަށް އުނދަގޫވާވަރުން ހަމަ ބުނެލަނީ ކަމަށެވެ.

"ދިވެހި ފުލުހުންގެ ސަފުތައް ރޫޅި، މުއައްސަސާގެ މަސްލަހަތު ގެއްލި، ގައުމާއި ރައްޔިތުންގެ އަމާންކަން ކަށަވަރު ނުކޮށްދެވޭވަރުގެ ފަރާތެއް ކޮމިޝަނަރ އޮފް ޕޮލިސްއަކަށް ނުލެއްވުމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒަށް އިލްތިމާސްކުރަމެވެ" އިމްރާން ވިދާޅުވެފައިވެއެވެ.

އިމްރާން މިހެން ވިދާޅުވެފައިވާއިރު ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމުން މަރުހަބާ ދަންނަވަން ގުޅުއްވި ކަމަށާއި ހެޔޮ ވެރިކަމެއް ކޮށްދިނުމަށް ނަސޭހަތްތެރިވިކަމުގައިވެސް އިމްރާން ކުރިން ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް