މިރޭ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މެޓުން ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ދ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ސަމާލު ނެރެފައިވަނީ ހަވީރު 05:00 އިން ފެށިގެން މިރޭ 11:00 އާއި ދެމެދުގެ ވަގުތަށެވެ.
މެޓުން ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް