އައްޑޫ ސިޓީ، މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފަށް ހަމަލާދިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހުން ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކުރައްވައިފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ތިން ފިރިހެނުންނެވެ. އަދި މި އެންމެނަކީވެސް ދިވެހިން ކަމަށް ފުލުހުން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރަށް، މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން 27 އަހަރުގެ މީހާއާއި 24 އަހަރުގެ ދެ މީހުން 60 ދުވަހު އަދި 24 އަހަރުގެ އެކަކު 30 ދުވަހު ބަންދުގައި ބޭތިއްބެވުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޙިދުމަތުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް އެ ޙިދުމަތުން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާ ހިނގައިފައިވަނީ ނިމިދިޔަ ހޮނިހިރު ދުވަހު މެންހެޓަން ބިޒްނަސް ހޮޓެލް ތެރޭގައި ކަމަށް ކުރިން ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް