އިސްލާމިކް މިިނސްޓްރީ އެއްކޮށް ދޮވެ ސާފު ކުރަން ޖެހޭ: އަލީ ރަމީޒު

އިސްލާމިކް މިނިސްޓްރީ އެއްކޮށް 'ދޮވެ' ސާފު ކުރަން ޖެހޭ ކަމަށް އަލީ ރަމީޒު ބުނެފިއެވެ. އަލީ މިހެން ބުނެފައި ވަނީ ވެރިކަން ބަދަލުވާ މަރުހަލާ ފެށުމާއެކުގައެވެ. އަލީ ބުނީ، އިސްލާމިކް މިނިސްޓްރީގައި 'އެންމ...

03 Oct 2023 | 09:57

އިސްލާމިކް މިނިސްޓްރީ އެއްކޮށް 'ދޮވެ' ސާފު ކުރަން ޖެހޭ ކަމަށް އަލީ ރަމީޒު ބުނެފިއެވެ.

އަލީ މިހެން ބުނެފައި ވަނީ ވެރިކަން ބަދަލުވާ މަރުހަލާ ފެށުމާއެކުގައެވެ.

އަލީ ބުނީ، އިސްލާމިކް މިނިސްޓްރީގައި 'އެންމެ ކުނި ކޮޅެއް'ވެސް ބައިންދައިގެން ނުވާނެ ކަމަށާއި، އެ މިނިސްޓްރީ ރަނގަޅަށް 'ދޮވެ' ސާފު ކުރަން ޖެހޭނެ ކަމަށެވެ.

މަޖާޒީގޮތުން އަލީ މިހެން މި ބުނީ،، އެ މިނިސްޓްރީގައި ތިބި މީހުން ބަދަލު ކުރުމުގެ ވާހަކައަށް އަލިއަޅުވާލައެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ފެށުމާއެކު 'އިބޫއަސްލަމް' ސްޕޯކްސް ޕަރސަން މާރިޔާ ދީދީ ވަނީ، މުއިއްޒުއަށް ވެރިކަން ލިބިެއްޖެ ނަމަ އެޑިއުކޭޝަން މިނިސްޓްރީ ހިންގަން ހަވާލު ކުރާނީ ސަލަފްއާ ކަމަށް ވިދާޅުވެ، ސަލަފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ސަލަފްގެ ވަކިވަކި ބޭފުޅުން މުއިއްޒުއަށް ތާއީދު ކުރައްވާކަން އިއުލާނު ކުރެއްވި ނަމަވެސް، އެ ޖަމިއްޔާއިން ރަސްމީކޮށް ވަކި މީހަކަށް ތާއީދު ކުރާކަން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް