އިންތިހާބަށް މާލޭގައި ދެމި ދިދަތައް ސިޓީކައުންސިލުން ނަގަން ފަށައިފި

މި އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް މާލޭގައި ދެމި ދިދަތައް، މާލެ ސިޓީ ކައުންސިލުން ނަގަން ފަށައިފިއެވެ. ދިދަތައް ނަގަން ފަށާފައި މިވަނީ ރިޔާސީ އިންތިހާބު ނިމުމާއެކުގައެވެ. ރިޔާސީ އިންތިހާބާ ދިމާކޮށ...

03 Oct 2023 | 09:29

މި އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް މާލޭގައި ދެމި ދިދަތައް، މާލެ ސިޓީ ކައުންސިލުން ނަގަން ފަށައިފިއެވެ.

ދިދަތައް ނަގަން ފަށާފައި މިވަނީ ރިޔާސީ އިންތިހާބު ނިމުމާއެކުގައެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް، މާލޭގެ މަޖީދީމަގާއި ބޮޑުތަކުރުފާނު މަގު ހިމެނޭހެން ވަނީ އެކި ޕާޓީތަކުން ދިދަފައްޗާއި ޕޯސްޓަރު ހަރުކޮށްފައެވެ. އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވި ބައެއް ފަރާތްތަކުން ވަނީ ކޮންމެވެސް ވަރަކަށް އެތަކެތި ނަގާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ މިިދިޔަ ހޮނިހިރު ދުވަހުއެވެ. ވެރިކަންކުރާ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކޮށް އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސޫގެ ރިޔާސީ ކެނޑިޑޭޓް އަދި މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް