ސޯޝަލް ސެންޓަރު ފިނިކުރި ވާހަކައާއެކު ނުވެ ހުރި ކަންކަން އާއްމުން ގޮވަން ފަށައިފި

ސޯޝަލް ސެންޓަރު މިހާރު ހުންނާނީ ފިނިކޮށްދީފައި ކަމުގައި ވިދާޅުވެ، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އިއްޔެ ވަނީ މަލާމާތުގެ ރާގަކަށް ޕޯސްޓެއް ކުަރއްވާފައެެވެ، ވިންކް އޯޖީއަކާއެކު ހަމަ ބުނެލީ ކަމަށް ވިދ...

03 Oct 2023 | 08:01

ސޯޝަލް ސެންޓަރު މިހާރު ހުންނާނީ ފިނިކޮށްދީފައި ކަމުގައި ވިދާޅުވެ، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އިއްޔެ ވަނީ މަލާމާތުގެ ރާގަކަށް ޕޯސްޓެއް ކުަރއްވާފައެެވެ،

ވިންކް އޯޖީއަކާއެކު ހަމަ ބުނެލީ ކަމަށް ވިދާޅުވެ މަހްލޫފް ވިދާޅުވެފައިވަނީ ސޯޝަލް ސެންޓަރު މިހާރު ހުންނާނީ ބޮޑެތި އެއްވުންތައް ބޭއްވޭވަރަށް ފިނިކޮށްދީފައި ކަމަށެވެ.

މަހްލޫފް އެ އިޝާރާތް ކުރެއްވީ ޑރ. މުއިއްޒު ރައީސް ކަމަށް ހޮވުމުން އުފާ ފާޅުކުރުމުގެ ހަރަކާތަށް ސޯޝަލް ސެންޓަރު ހިޔާރުކޮށް ރޭ އެ ހަރަކާތް ސޯޝަލް ސެންޓަރުގައި ބާއްވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް އޭސީކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވި ސައުތު އޭސިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށެވެ.

އެކަމާ ގުޅިގެން، ޒުވާނުން ދަނީ އެމީހުން ބޭނުންވެ، ނުވެ ހުރި ކަންކަމުގެ ވާހަކަ ދައްކައި، 'ހަމަ ބުނެލީ' ކަން ހަނދާން ކޮށްދެމުންނެވެ.

އެގޮތުން، އިންޑޯ ބާސްކެޓް އެރީނާއާއި ގައުމީ ފުޓްސެލް ޓީމުގެ މުސާރަ އާއި ރަރަވަންދޫ ޓާފް ދަނޑު ނުހުޅުވޭ ވާހހަކަ ފަދަ އެތައް ވާހަކައެއް އާއްމުން ފާހަގަ ކުރަން ފެށިއެވެ.

އެއް ބަޔަކު ބުނަނީ މަފުލޫފް ކަލަ ގޮވަނީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީއެ މަސައްކަތް ކުރީ ރައްޔިތުންގެ ފައިސާއިން ކަމަށެވެ.

މަހުލޫފްގެ ޕޯސްޓާ ގުޅިގެން، މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ބްރިޖެއް އަޅާފައި އޮންނާނެ ކަމަށްވެސް ބައެއް މީހުން ހަނދާންކޮށްފިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް