ޑެންގީ ހުމުގައި ކުޑަކުއްޖަކު ނިޔާވެއްޖެ

ޑެންގީ ހުން ޖެހިގެން ފަރުވާ ދެމުން ދިޔަ ކުޑަ ކުއްޖަކު ނިޔާވެއްޖެ އެވެ. އައިޖީއެމްއެޗުންބުނީ ނިޔާވެފައިވަނީ އުމުރުން އަށް އަހަރުގެ ކުއްޖެއް ކަމަށެވެ. އެ ހޮސްޕިޓަލުން ބުނީ އެ ކުއްޖާ ނިޔާވީ ހާލު ސީރިއަސް...

03 Oct 2022 | 12:06

ޑެންގީ ހުން ޖެހިގެން ފަރުވާ ދެމުން ދިޔަ ކުޑަ ކުއްޖަކު ނިޔާވެއްޖެ އެވެ.

އައިޖީއެމްއެޗުންބުނީ ނިޔާވެފައިވަނީ އުމުރުން އަށް އަހަރުގެ ކުއްޖެއް ކަމަށެވެ. އެ ހޮސްޕިޓަލުން ބުނީ އެ ކުއްޖާ ނިޔާވީ ހާލު ސީރިއަސްވެގެން ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.

އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.

މިއީ މި ފަހުން ޑެންގީ ހުން ޖެހިގެން ނިޔާވި ދެ ވަނަ ކުއްޖާ އެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ކުރިން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޑެންގީގައި ހާލު ސީރިއަސްވާ ކުދިންގެ އަދަދު ފާއިތުވި ތިން އަހަރަށް ވުރެ މި އަހަރު ގިނަ ކަމަށެވެ.

ގިނަ ކުދިންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހި، ލޭ އަޅަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް