ގިނަ ދުވަސްތަކެއް ވަންދެން ބަލި އެނދުގައި އޮތް މަންމަ އަކު ބަލަން ބުރަ ބޮޑުވެގެން އޭނާގެ އުފަން ދަރިފުޅު އެ މަންމަ މަރާލައިފިއެވެ.
އިންޑިއާގެ މަހާރަޝްތްރާ ހޮސްޕިޓަލެއްގައި ހިނގި މިހާދިސާ ހިނގާފައިވަނީ ނިމިގެން ދިޔަ މަހުގެ ކުރީކޮޅުގައި ކަމަށް ޕޮލިހުންނާއި ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ޚަބަރުފަތުރާފައިވެއެވެ. އިންޑިއާގެ އަވަށެއް ކަމުގައިވާ މަހާރަޝްތްރާ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މި ފިރިހެން މީހާ ބަލި އެނދުގައި އޮތް އޭނާގެ އުފަން މަންމަ މަރާލީ އެ މަންމަ ބަލަން ބުރަބޮޑުވެގެން ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އުމުުރުން 70 އަހަރުގެ މި އަންހެން މީހާ ބަލި އެނދުގައި އޮންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، އެ އަންހެން މީހާ ބަލަން ހަވާލުކޮށްފައި ހުންނަނީ އެންމެ ހަގު ފިރިހެން ދަރިފުޅާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެ ފިރިހެން މީހާއާއި އޭނާގެ މަންމަ ބަލަން ހަވާލުކުރީ އާއިލާގައި އެ އަންހެން މީހާބެލުމުގެ ޒިންމާ ނަގާނެ އިތުރު މީހަކު ނެތުމުން ކަމަށްވެސް ބުނެފައިވެއެވެ.
ފިރިހެން ދަރިފުޅު އޭނާގެ މަންމަ މަރާލީ ހޮސްޕިޓަލުގައި އެޑްމިޑްކޮށްފައި ވަނިކޮށް ރޭގަނޑެއްގެ ދަންވަރުގައެވެ. އެ ފިރިހެން މީހާ އޭނާގެ އެ މަންމަ މަރާލީ މޫނުމަތީ ބާލީސް އަޅައިގެން ކަމަށާއި އަދި މަންމަ މަރާލުމަށް ފަހު ރޮމުން ގޮސް ހޮސްޕިޓަލުގެ ނަރުސްކުދިންގެ ގާތު މަންމަގެ މަރުގެ ވާހަބުނެފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
މި މައްސަލަ މިހާރު ގުޖުރާތުގެ ފުލުހުން ތަޙުޤީޤު ކުރަމުން އަންނައިރު، މަންމްގެ މަރުގެ ތުހުމަތުގައި އެ ފިރިހެން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މަރުގެ ތަޙުޤީޤު މިހާރުވެސް ދަނީ ކުރިޔަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް