ޔޯގާ ހަމަ ނުޖެހުމާއި ގުޅިގެން18 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދިޔަ ޔޯގާ ހަރަކާތް ބަޔަކު ވަދެ ހުއްޓުވީ މިދިޔަ ޖޫން މަހުގެ21 ވަނަ ދުވަހު ހެނދުނު އެވެ. މި މައްސަލައިގަ ހިމެނޭ މީހުން މަހަކަށްވުރެ ގިނަ ދުވަހު ފުލުހުންގެ ބަންދުގައި ހައްޔަރުކޮށްފައި ތިއްބެވެ.
ދައުވާ އުފުލި މީހުންގެ ތެރޭގައި ޝެއިހް ފަޒްލޫން ޝައިހް ފަޒްލޫން މުހައްމަދާއި އާދަމް ނިޝާން ހިމެނެ އެވެ. އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނެ އެވެ.
ދެ ޝެއިހުންނަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ކުށަކަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ. މުހައްމަދު އިސްމާއީލުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ.
އިތުރަށް މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި
ޓެރަރިރަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުން:
- ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް
- ގ. ފީނިކްސް، އަބްދުﷲ ނިޔާޒް
- ތ. ތިމަރަފުށީ އަލީއާބާދު، އަލީ މުހައްމަދު
- ނ. ވެލިދޫ މިލާނޯ، އިބްރާހިމް ޒިހާން
- ލ. މުންޑޫ އަންނާރުމާގޭ، މުހައްމަދު ޝާން
- ހދ. ކުޅުދުއްފުށީ ބާބޫގޭ ހުސައިން އަލީ
- މ. ފަޅުމަތީގޭ އަހުމަދު އަލީ
ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ ލިބޭ މީހުން:
- މއ. ކަނުހުރާ، މުހައްމަދު ޒިލިއަން
- ތ. ތިމަރަފުށީ ނަރުގިސްވިލާ، އަބްދުﷲ ރިފާއު
-. ނ. މިލަދޫ ކާނޭޝަންމާގޭ އަބޫބަކުރު ފާރިއު
- ރ. ކަނދޮޅުދޫ އަލަމާގޭ އަހުމަދު އަކްސަމް
- ގއ. މާމެންދޫ އަސްރަފީވިލާ އަހުމަދު ނަސޫހް
- މ. ކުދެހިގޭ ހަސަން ޝިފާޒް
- ފ. ދަރަނބޫދޫ އާބާދީގުލްޝަން ޝަބިމް އާދަމް
އެ މައްސަލާގައި ގިނަ ބަޔަކު ހައްޔަރު ކުރިޔަސް، އެ އެންމެންހެން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ޕީޖީ އޮފީހުން ބުނީ އެމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ އިއްޔެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް