ކަނޑާއި ވައި ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި އެވެ.
އެލާޓު ނެރެފައިވަނީ މިއަދު މެންދުރު1:30 ން ރޭގަނޑު7:30 އަށެވެ.
މެޓްް އޮފީހުން ލަފާ ކުރާ ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ގަޑިއަކު19 މޭލާއި24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި45 މޭލަށް ވައި ޖެހޭނެ އެވެ.
ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ކުރިޔަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް