އަނބިމީހާގެ ވާކަތައް އަޑުނާހަން ވެގެން ފިރިހެނަކު 62 އަހަރުވަންދެން ބީރުމީހަކަށް ހެދިގެން އުޅެފި

އަނބިމީހާގެ ވާހަކަތައް އަޑުނާހަން ވެގެން 62 އަހަރުވަންދެން ފިރިހެނަކު ބީރުމީހަކަށް ހެދިގެން އުޅެފިއެވެ. 'ވޯލްޑް ނިއުސް ޑެއިލީ ރިޕޯޓް' ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވާގޮތުން ކައިވެނި ކުރ...

03 Oct 2022 | 09:07

އަނބިމީހާގެ ވާހަކަތައް އަޑުނާހަން ވެގެން 62 އަހަރުވަންދެން ފިރިހެނަކު ބީރުމީހަކަށް ހެދިގެން އުޅެފިއެވެ.

'ވޯލްޑް ނިއުސް ޑެއިލީ ރިޕޯޓް' ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވާގޮތުން ކައިވެނި ކުރި ދުވަހުން ފެށިގެން އެ ފިރިހެން މީހާ އުޅެމުން އައީ އޭނާގެ އަނބިމީހާގާތުގައި ބީރުމީހަކަށް ހެދިގެން އޮޅުވާލައިގެންނެވެ.

އެމެރިކާގެ ސިޓީއެއް ކަމުގައިވާ ވޯޓާބެއިރީ ކޮނެކްޓިކަޓް އަށް ނިސްބަތްވާ މީޓް ބެރީ ޑައުސަން ނަމަކަށް ކިޔާ މި ފިރިހެން މީހާ އޭނާގެ އަނބިމީހާގެ ގާތުގައި 62 އަހަރުވަންދެން ބީރުމީހަކަށް ހެދިގެން އުޅުނުއިރު، އެކަން ފަޅާއެރީ ދާދިފަހުންނެވެ. އަދި ފިރިމީހާ ބީރުކަމަށް ހެދިގެން އުޅެނީ ފޭކް ޖައްސައިގެން ކަން އެނގުނު ހިސާބުން އަނިބި މީހާ އެ ފިރިހެން މީހާގެ ގާތުން ވަރިވެފައިވާ ކަމަށް ވެސް މި ލިޔުމުގައި ވެއެވެ. އަދި މި މީހާ އޭނާގެ އަންހެނުންނަށް ފޭކް ޖައްސައިގެން ބީރުކަމަށް ހެދިގެން އުޅުނީ ކީއްވެގެން ކަން ވަރިވިއިރުވެސް ބުނެ ނުދޭކަމަށް އަންހެން މީހާ ބުނެފައިވެއެވެ.

" އަހަރެންގެ ފިރިމީހާ އުޅުނީ އަހަރެންނަށް ބީރު މީހެއްކަމަށް ހެދިގެން އޮޅުވާލައިގެން. އަސްލު އޭނާއަކީ ބީރު މީހެއްވެސް ނޫން. އަހަރެންނަކަށް ވެސް ކުރިއަކުން އެކަމެއް ނޭންގޭޭ. މަކަރުހަދައިގެން 62 އަހަރުވަންދެން އުޅުނު. އެނގުނު ހިސާބުން އަހަރެން ކޯޓަށް ގޮސްގެން ވަރިވީ." އެ އަންހެން މީހާ ކިޔައިދިނެވެ.

ސޯޝަލް މީޑިއާގައ ވެސްި މިވާހަކަ އަކީ ވަރަށް މަޝްޙޫރު ވާހަކައެއް ކަމަށް މި ލިޔުމުގައި ބުނެފައިވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ މިވާހަކައިގައި އެއްވެސް ހަޤީޤަތެއް ނެތްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް