ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ޕޮޒިޓިވް ވީ 71 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެ އިދާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުތެރޭގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 22 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުންވެސް ޕޮޒިޓިވްވި 45 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 4 މީހުން ކަމަށެވެ.
އެހެންކަމުން ރާއްޖެއިން 85،042 މީހުން މިހައިތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.
މިވަގުތު ފަރުވާ ހޯދަމުންދާ 1،505 މީހުންގެ ތެރެއިން 24 މީހުންނަށް ފަރުވާދެމުން އަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާ އިރު، ފާއިތުވި 24 ގަޑިއިރު 115 މީހުން ކޮވިޑުން ރަނގަޅުވެ، މިބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 83،293 އަށް އަރާފަ އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 5،668 ސާމްޕަލް ޓެސްޓުކޮށްފައި ވެއެވެ.
މިބަލީގައި މިހާތަނަށް 231 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް