މިއަދު މާލޭގެ ދެ މިސްކިތަކަށާއި ރައީސް އޮފީސް ދޮރު މައްޗަށް ކުދަކަމުދިޔައީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.
އެމީހާ ކުޑަކަމުދިޔައީ އިސްލާމީ މަރުކަޒުގައި މަޣުރިބު ނަމާދު ކުރަމުން ދަނިކޮށް އިމާމު ކުރިމައްޗަށް އަރައެވެ. ދެން ކުޑަކަމު ދިޔައީ ހުކުރު މިސްކިތް ތެރެއަށެވެ.
ފުލުހުން ބުނީ އެ ތިން ހާދިސާގެ ރިޕޯޓުވެސް ލިބިފަވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެމީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަން އެނގިފައިވާތީ މައްސަލަ އަމަލު ކުރަމުންދާނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ.
ކުޑަކަމު ދިޔަ ކަމަށް ބުނާ މީހާގެ ފޮޓޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެމީހާ ހައްޔަރު ކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކިޔާ ފާޑުކިޔުންތައް ދަނީ އިތުރުވަމުންނެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހަކު މިސްކިތްތަކުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ހިންގާނަމަ އޭނާގެ ބަލަދުވެރިއަކު ނަގަން ޖެހޭ ޒިންމާތަކެއް އޮންނަން ޖެހޭނެ ކަމަށް ބުނެ އެވެ. އަދި މީގެ ކުރިންވެސް މިސްކިތްތަކުގައި ހިނގި މިފަދަ ކޮންމެ ކަމަކީ ނުކުޅެދުންތެރިކަމެއް ހުންނަ މީހަކު ކޮށްފައިވާ ކަމަށް ހަދައި މައްސަލަ ނިންމާލައިވާ ކަމަށް ބުނެ ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް