ނޭހާ ވިހައިފި، މިފަހަރު ލިބުނީ ފިރިހެން ކުއްޖެއް!

ބޮލީވުޑްގެ ބަތަލާ ނޭހާ ދުޕިއާ ދެވަނަ ދަރިފުޅު ވިހައިފި އެވެ. އޭނާ ވިހެއިކަން ހާމަކުރީ އިންސްޓަގްރާމް މެދުވެރިކޮށް ފިރިމީހާ އަންގަދް ބޭދީ އެވެ. އަންގަދް ބުނީ ލިބުނީ ފިރިހެން ކުއްޖެއް ކަމަށާއި ދެމައިންގ...

03 Oct 2021 | 15:52

ބޮލީވުޑްގެ ބަތަލާ ނޭހާ ދުޕިއާ ދެވަނަ ދަރިފުޅު ވިހައިފި އެވެ.

އޭނާ ވިހެއިކަން ހާމަކުރީ އިންސްޓަގްރާމް މެދުވެރިކޮށް ފިރިމީހާ އަންގަދް ބޭދީ އެވެ. އަންގަދް ބުނީ ލިބުނީ ފިރިހެން ކުއްޖެއް ކަމަށާއި ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ދޮށީ ދަރިފުޅު މެހެރް ދުޕިއާ ބޭދީގެ "ބޭބީ" ނަން ދިޔައީ ކަމަށް ބުނެފަ އެވެ.

ނޭހާ އާއި އަންގަދަށް މެހެރް ލިބިފައިވަނީ 2018 ވަނަ އަހަރު އެވެ. އެ ދެމީހުން ކައިވެނި ކުރީވެސް ހަމަ އެއަހަރު އެވެ.

ނޭހާ ވަނީ ފުރަތަމަ ފަހަރާއި ހިލާފަށް ދެވަނަ ދަރިފުޅަށް ބަލިވެ އިނދެގެން އުޅުނު އިރު ތަފާތުތަކެއް ދައްކާލާފަ އެވެ. އެގޮތުން ބަނޑުބޮޑު އިރު އޭނާ ވަނީ ފިލްމެއްގެ މަސައްކަތް ކޮށްފަ އެވެ.

“އަ ތާޒްޑޭ” ގެ ނަން ދީފައިވާ މި ފިލްމުގައި ނޭހާ ފެނިގެންދާނީ މާބަނޑު ފުލުހެއްގެ ރޯލުންނެވެ. ފިލްމުގައި ނޭހާގެ ނަމަކީ އޭސީޕީ ކެތަރިން އަލްވަރޭޒް އެވެ. އޭނާ ފެނިގެންދާނީ ވަރަށް އަމުރުވެރި ހަރުކަށީ ފުލުހުންގެ އިސް މީހެއްގެ ގޮތުގައި އެވެ.

ބެހްޒާދް ކަންބަތާ ޑައިރެކްޓު ކުރާ މި ފިލްމަކީ ޕްލޭ ސްކޫލެއްގައި ކިޔަވަމުންދާ 16 ކުޑަކުއްޖަކު ޓީޗަރަކު ރަހީނު ކުރުމުގެ ހާދިސާއެއްގެ މައްޗަށް ތައްޔާރު ކުރާ ފިލްމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް