އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް ތެރެއަށް އަދި ރައީސް އޮފީސް ދޮރުމައްޗަށް މީހަކު ކުޑަކަމު ގޮސްފި

ދެ މިސްކިތަކަކަށާއި ރައީސް އޮފީސް ދޮރު މައްޗަށް މީހަކު ކުޑަކަމު ގޮސްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިސްލާމީ މަރުކަޒުތެރެއަށް އެމީހާ ހީސްލާފައިވާކަމުގެ ރިޕޯޓުކޮށްފައިވަނީ މަޣުރިބް ނަމާދު ...

03 Oct 2021 | 14:21

ދެ މިސްކިތަކަކަށާއި ރައީސް އޮފީސް ދޮރު މައްޗަށް މީހަކު ކުޑަކަމު ގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިސްލާމީ މަރުކަޒުތެރެއަށް އެމީހާ ހީސްލާފައިވާކަމުގެ ރިޕޯޓުކޮށްފައިވަނީ މަޣުރިބް ނަމާދު ވަގުތު އެވެ. އެމީހާ ހީސްލި ކަމަށް ވަނީ ނަމާދަށް ހުއްޓަ އިމާމު ކުރިމައްޗަށެވެ.

ހުކުރު މިސްކިތް ތެރެއަށް ކުޑަކަމު ގޮސްފައިވާ ފޮޓޯއެއް އާންމުވެފައިވާއިރު އެކަން ކުރި މީހާ ކަމަށް ބެލެވޭ މީހާގެ ފޮޓޯވެސް މީސް މީޑިއާގައި ދަނީ ދައުުރުވަމުންނެވެ.

ރައީސް އޮފީސް ދޮރުމައްޗަށްވެސް ހަމަ މިއަދު ކުޑަކަމު ގޮސްފައިވެ އެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނީ ތިން ތަނަށްވެސް ކުޑަ ކަމު ދިޔައީ އެކަކު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް