މިލަދޫ ސުކޫލުގައި 8 ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލެއް ޢިމާރާތް ކުރުމަށް ހަވާލުކޮށްފި

ނ. މިލަދޫ ސުކޫލުގައި 8 ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލެއް ޢިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމެންޓުގައި މިއަދު ސޮއި ކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރެވުނީ ސްވިފްޓް އިންޖިނިއަރިންގ ޕްރަ...

03 Oct 2021 | 13:28

ނ. މިލަދޫ ސުކޫލުގައި 8 ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލެއް ޢިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމެންޓުގައި މިއަދު ސޮއި ކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރެވުނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަސައްކަތަކީ 360 ދުވަސް ތެރޭގައި ނިންމުމަށް ހަވާލު ކުރެވުނު 17،495،664.93 ރުފިޔާގެ މަޝްރޫޢު އެކެވެ.

އެޑިއުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ފޮރ ސްޓޭޓް ފޮރ އެޑިޔުކޭޝަން އަހުމަދު ރިޔާޒެވެ. ސްވިފްޓް އިންޖިނިއަރިންގެފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރީ އެ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު ޒުބައިރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް