ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް 50 އަހަރު ފުރުން ފާހަގަ ކުރާ ކައުންޓްޑައުން މިރޭ ފަށަނީ

ދިވެހި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް 50 އަހަރު ފުރުން ފާހަގަ ކުރާ ކައުންޓްޑައުން މިރޭ ފެށުމަށް ތައްޔާރު ވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި ކައުންޓް ޑައުން ގެ ހަރަކާތްތައް ފަށާނީ...

03 Oct 2021 | 13:17

ދިވެހި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް 50 އަހަރު ފުރުން ފާހަގަ ކުރާ ކައުންޓްޑައުން މިރޭ ފެށުމަށް ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި ކައުންޓް ޑައުން ގެ ހަރަކާތްތައް ފަށާނީ ރާއްޖޭގައި އެންމެފުރަތަމަ ހުޅުވި ރިސޯޓް ކުރުނބާ މޯލްޑިވްސް ގައި ކަމަށެވެ.

މި ޙަފްލާގައި ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އަދި ޓޫރިޒަމް ސިނާއަތާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ރަސްމިއްޔާތުގައި ގޯލްޑަން ޖުބްލީ ތީމް ލަވަ ރައީސް ނެރެ ދެއްވާނެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ފަތުރުވެރިކަމަށް ވަރަށްބޮޑު ހީނަރުކަމެއް އައިނަމަވެސް، ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ރަނގަޅުވަމުން ނެވެ.

އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަހަކަށް ވުރެ، މަހެއް ދަނީ އިތުރުވަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް